ރާއްޖޭގެ ރިސޯޓްތަކަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ދެވޭ ގޮތަށް އެހާ ފުރިހަމަ ކަމާއެކު ހަދާފައިވާ ތަންތަނެވެ. އެފުރިހަމަކަން ކޮންމެ ރިސޯޓެއްގައިވެސް ހަދާފައިވާ ބައެއް ތަންތަނުން ފެނިގެން ދެއެވެ. ހާއްސަކޮށް މިފަހުން ހަދާ ހުޅުވަމުންދާ ރިސޯޓްތައް ހުންނަނީ ދިވެހިންވެސް އަޖައިބުވާވަރުގެ ތަންތަނެވެ.

އެހެންކަމުން އެފަދަ އަޖައިބު ކުރުވަނިވި ތަންތަން ހަދާފައި ހުންނަ ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ބަލާލަމާ ހިނގާށެވެ.

ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓް

މި ރިސޯޓަށް ބަލާއިރު، ގެސްޓުންނަށް ބެމްބޫ ޕޮޑްގައި ކެއުމުގެ ފުރުސަތު ލިބޭނެއެވެ. މި ތަނަށް ޓެރާގެ ނަމުން ނަން ދީފައި ވެއެވެ. ޓްރީޓޮޕްގައި ހަދާފައިވާ މި ޕޮޑްތަކުގެ ތެރެއިން ދެ މީހުންނަށް ކެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ހަ ޕޮޑް ހުރެއެވެ. އަދި ހަތް ވަނަ ޕޮޑްގައި ހަތަރު މީހުންނަށް ކެވޭ ގޮތަށް ހަދާފައި ވެއެވެ. އެ ރެސްޓޯރެންޓްގެ މެނޫގައި އަލްބާ ވައިޓް ޓްރަފްލްސް އާއި ވަގްޔޫ ބީފް ހިމެނެއެވެ.

އިތާފުއްޓަކީ ތިން ރަށް ގުޅުވައިގެން ހަދާފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ޓެރާ ރެސްޓޯރެންޓެވެ.

މީގެ އިތުރުން ކޮޓަރީގައި ކެއުން ލިބުމާއި، އަމިއްލަ ވިލާ ތަކުގައި ސްޕާ ޓްރީޓްމެންޓާއި ޔޯގާ ކްލާސްތައްވެސް އޮންނާނެ އެވެ.

އަދި އެ ރިސޯޓުގައި ވަކި ރަށެއްވެސް ހުރެއެވެ. އެ ރަށް އެއްކޮށް ބުކްކޮށްލެވޭނެއެވެ. އެރަށުގައި ތިން ވިލާ އާއި ފަސް ޕޫލާއި، ކްލަބް ހައުސްއެއްގެ އިތުރުން، ޝެފެއްވެސް އެރަށުގައި ހުންނާނެ އެވެ.

ކޮންރެޑް މޯލްޑްވިސް ރަންގަލި ރިސޯޓް

އެ ރިސޯޓުގެ މޫދު އަޑީގައި ހަދާފައިވަނީ ބޮޑު ގެއެކެވެ. މިގެއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ. މި ގެއަށް ދީފައި ވަނީ ދަ މުރަކަ ރެޒިޑެންސް އެވެ. މިެ ގޭގައި 16 ފޫޓުގެ ބޮޑު އަންޑާ ވޯޓާ ބޮޑު ކޮޓަރިއަކާއި، ޕްރައިވެޓް އެކުއޭރިއަމްއެއް ހުންނާނެ އެވެ. އަދި އެ ކޮޓަރީގައި އޮންނައިރު، މަސްތައް އުޅޭ ގޮތާއި، މުރަކަތައްވެސް ފެންނަން ހުރެއެވެ.

އަދި މަތީގައި އިންޑޯ އަދި އައުޓްޑޯ ލައުންޖަކާއި، ޕްރައިވެޓް ޕޫލަކާއި، އިރުއޮއްސޭ މަންޒަރު ބެލެނޭ ކަހަލަ ކޮޓަރިއެއްވެސް ހަދާފައި ވެއެވެ.

ގޮނޑުދޮށުގައި ބާންޏެއް، ނުވަތަ ބީޗް ބަބްލް ޓެންޓް!

ފިނޮޅު ރިސޯޓަކީ ވަރަށް ތަފާތު ރިސޯޓެކެވެ. އެ ރިސޯޓުގައި ބީޗް ބަބްލް ޓެންޓު ހުރެއެވެ. އެއީ ޓްރާންސްޕޭރެންޓް ކޮޓަރިއެކެވެ. ގޮނޑުދޮށުގައި މި ކޮޓަރި ހުންނައިރު، ހިތްގައިމު މޫދު ވަރަށް ރީއްޗަށް ފެންނަން ހުންނާނެ އެވެ.

އަމިއްލަ ޕްރައިވެޓް ސިނަމާ!

ބޭނުންވަނީ މަދު ބަޔަކު އުޅޭ ރިސޯޓަކަށް ދާން ހެއްޔެވެ. އެހެންކަމުން ދާންވީ ކަންދޮޅު އަށެވެ. އެ ރިސޯޓުގައި ހުންނާނީ 30 ކޮޓަރިއެވެ.

އެ ރިސޯޓުގައި އެންމެ ހާއްސަ ކަމަކީ އަމިއްލަ ޕްރައިވެޓް ސިނަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނnd

    ތިޔަ ގިނަ ރިސޯރޓުތައް ޑިޒައިން ފަރުމަ ކޮއްފަ ހުންނަނި ބެރުގެ އަރޓިޓެޗްރުން ކަމައް ބެލެވެނި

    28
    2
  2. ސްކިޕަރ

    ރާއްޖޭގައި މިއޮތީ ދެކުނު އެފްރިކާގައި 1990 އާ ހަމައަށް އޮތް ނަސްލީ އިމްތިޔާޒު ނުވަތަ އެޕާޓްހައިޑްގެ ބާވަތެއް. %95 ދިވެހީން ދުނިއޭގައި އުޅެ މަރުވެ ދަނީ މިތަންތަން ދެލޮލުން ނުފެނި، މިތަންތަނުން ލިބޭ ބޮޑެތި ބިލިއަން ރުފިޔާގެ މަންފާތަކުގެ އެއްވެސް ހެވެއް ލާބައެއް ނުލިބި ދަތިހާލުގައި އުޅެފައި. މީން ތަނެއްގައި ވަޒީފާ އަދާކުރިޔަސް ގިނަފަހަރު ދިވެއްސަކަށްވީތީ ހުންނަނީ ދަށުޖައްސާލާފައި. ހުރިހާ ހެވެއް ލާބައެއް އޮތީ ކ.މާލެއޭ ކިޔުނު ކިލޯމީޓަރެއް ހަމަނުވާ ނުތަނަވަސް ރަށެއްގެ ބިން ކުއްޔައްދީގެއް އުޅޭ މީހުންނާއި، މަހުޖަނުންނާއި މިމީހުންގެ ދަރީންނާއި ކާފަދަރީންނާއި މުނިކާފަ މާމަދަރީންނަށް. މި ސިސްޓަމް އިން ސަލާމަތްވާން އެބަޖެހޭ

    28
    1
    • ކަލޭގެ އަމާ

      ކައޭ ކަޑަވީދޯ!

  3. ރިސޯޓް މީހުން

    ވަ ރަށް ތަފާތު ރީތި ދެންބަލާލަދީބަލަ ރާއްޖޭގެ މުއްސަދިން ސްޓަރފުން ގެންގުޅޭގޮތް. މިހާ ރުވެސް ވިލާގެ ރިސޯޓްތަކުގައި ހަމަ މުސާ ރަ ނުދޭ ރާއްޖޭގެ އެންމެ ގިނަ ގެސްޓްން ނިއުނޯމަލްއަށް ފަހު އައީ ވިލާގެ ސަންއައިލެންޑް އަށް އަހަ ރީ ޗުއްޓީ އަށް އެއްހާސް ރުފިޔާ މީ ކޯންޗެއް. މިހާ ރުވެސް %85 ގެސްޓުންނާއި އެކު އެހިގަނީ ގިނަމީހުން ނަށް ދެނީ. މުސާ ރައިގެ %45 ކީކޭ ބުނާނީ. ސޭޓް ބުނާނެ ވެ ރިކަމަށް އަ ރަން ވީމާ ގައުމައްޓަކައި އޭ މި މަސައްކަތް ކު ރަނީ . ޖީބުފު ރާން ސްޓަ ރފުން ފެލަނީ ނުވިތާޖަށް ހުއްދަ ނުހޯދާ މަސްމާރުކޭޓަކާއި އަސްދޫނި ފާމެއް މި އެޅީ

  4. Anonymous

    ހިތާމައަކީ ދިވެއްސަކަށްވެ ހުރެ ތިތަންތަން ބަލާލަން ނުދެވޭތި. ހާދަހާ އަގު ބޮޑޭ ލޯކަލްސް އަށް ވެސް

    20
    1
  5. ފޫހި

    ހިތާމައަކީ ދިވެއްސަކަށް ވެ ހުރެވެސް ތި ތަންތަން ބަލާލަން ނުދެވޭތި. ހާދަހާ އަގޮ ބޮޑޭ ލޯކަލްސް އަށް ވެސް

    13