ނިކަމެތި އާއިލާއަކަށް ނިސްބަތް ވާތީ ކޮންމެ ބަޔަކުވެސް ހަދާލަނީ ބޭނުން ގޮތެކެވެ. މިއަދުވެސް އިންސާފެއް ނުލިބި އޮންނަން ޖެހިފައި ވަނީ ޖަލުގެ ކުޑަގޮޅީގައެވެ. ނުޅެދޭ ދަރިއެއް އޮންނަ މަންމައަކަަށް މިވަރު ބޮޑު ލަނޑެއް ދޭން ހެޔޮވެސް ނުވާނެއެވެ. އެ ދަރިފުޅު ހިތައް އަރާނީ ކީކޭބާއެވެ. އެ ދަރިފުޅުގެ ބައްޕަގެ ހިތައް އަރާނީ ކީކޭ ބާއެވެ. މުޅި މުޖުތަމައި އޭނާއާ މެދު ދެކޭނީ ކިހިނެއްބާއެވެ؟.
މިއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެއާޕޯޓެއްގެ ތެރެއިން އޭނާ ހިފެހެއްޓީ މަސްތުވާކެތި އަތުގައި ހުރިކަމަށް ބުނެއެވެ. އެއީ ދުރުތާ ތިމާގެ މީހަކު ކާން ދިން ލުއި ކާނާ ޕެކެޓްތަކެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗެވެ.
އެކަން ހިނގާދިޔަ ގޮތް ކިޔާދީފައި މި ވަނީ އޭނާގެ ރަހުމަތްތެރިއެކެވެ. އޭނާގެ ނަމަކީ ނަސީމާ (އަސްލު ނަމެއް ނޫން) އެވެ.
ނަސީމާއަކީ އެއްވެސް އިރެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހެއްވެސް ނޫނެވެ. އެއީ އުޅުމާއި އަހުލާގު ރަނގަޅު މީހެކެވެ. މީހެއް ހެން ހީވެސް ނުވެއެވެ. އެހެންކަމުން ނަސީމާ އެއްވެސް ވަރަަކަށް މަސްތުވާތެކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހެއް ނޫން ކަމާމެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ.
ނަސީމާ އަކީ ބަލި މީހެކެވެ. އަބަދު އުޅެނީ ބަލިވެއެވެ. އެހެން އުޅުމުގެ ތެރޭގައި ނަސީމާގެ ދުރުތާތިމާގެ މީހެއްގެ އެދުމުގެ މަތިން އެ މީހުންގެ ހަރަދުގައި ނަސީމާ އިންޑިއާއަށް ދިޔައީ އެވެ.
ފުރަތަމަ ދުވަސްކޮޅު އެ މީހުން ރަނގަޅެވެ. އެ މީހުން އޭނާ ޑޮކްޓަރަށްވެސް ދެއްކިއެވެ. ނަމަވެސް ފަހުން ފަހުން އެ މީހުންގެ ފަރާތުން ފެންނަ މަންޒަރުތަކުން އެތާ ހުންނަން އޭނާ ބޭނުންނުވިއެވެ. އަދި އެ މީހުން ކައިރިން އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމަށް އެދުނެވެ.
އެ މީހުން އެކަމާއި ދެކޮޅު ނަހަދައެވެ. ނަސީމާ އިންޑިއާއިން ރާއްޖެ ފޮނުވާލުމަށް ހުރިހާ ކަމެއްކޮށްދިނެވެ. ނަސީމާ ފުރަން އެއާޕޯޓަށް ދިޔައީ އެކަންޏެވެ. އެއާޕޯޓަށް ދިޔުމުގެ ކުރިން އޭނާގެ އަތަށް އެގޭ މީހުން ލުއިކާނާ ކޮތަޅެއް ދިނެވެ. އެ ލުއިކާނާ ކޮތަޅު ދިނުމަށްފަހު ބުނީ، އެއާޕޯޓް ތެރޭގައި ބަނޑުހައިވެދާނެތީ ދިން އެއްޗެއް ކަމަށެވެ. ނަސީމާ އެ ކޮތަޅު ލީ އޭނާގެ އަތް ދަބަހަށެވެ.
އެއިރު އެއްވެސް އެއްޗެއް ނަސީމާގެ ހިތަކަށް ނާރައެވެ. ނަސީމާ އެއާޕޯޓަށް ދިޔައެވެ. ނަސީމާ ހިފެހެއްޓީ ޗެކިން ކައުންޓަރުންނެވެ. މަސްތުވާތަކެއްޗާއެކުގައެވެ. އެ މަސްތުވާތަކެތި ހުރީ ނަސީމާގެ ދަބަހުގައި އޮތް ލުއިކާނާ ކޮތަޅެއްގައެވެ. މިއީ މިއީ މީހަކަށް ދެވޭނެ ކޮންފަދަ ބޮޑު އަނިޔާއެއް ބާއެވެ.
ނަސީމާ އެތަނުން ހައްޔަރުކުރިއިރު، މިހާރު އޮތީ ރާއްޖޭގެ ޖަލެއްގައެވެ. އެ މައްސަލަ އިތުރަށް ކުރިއަށްދާކަމަށްވެސް ނުވެއެވެ. އަދި އެކަމުން ސަލާމަތްވުމަށް ޤާނޫނީ ވަކީލުން ނެގިކަމުގައިވީ ނަމަވެސް، އޭނާގެ އާއިލާއަކީ ފައިސާގެ ގޮތުން ތަނަވެސް ބަޔަކަށް ނުވުމުން ކޮންމެ މީހަކުވެސް މައްސަލަ ދޫކޮށްލަނީއެވެ. އެ މައްސަަލާގައި ނަސީމާގެ ދިފާއުގައި ވާހަކަދައްކާނެ ލޯޔަރެއް ނެތި އެ މައްސަލަ އޮތީ ހުއްޓިފައެވެ. މިއީ ނިކަމެއްޗަކަށް މި ދުނިޔެ މަތީގައި ލިބޭނެ އިންސާފުބާއެވެ؟.
އެންމެންނޭވެ. ސަމާލުވާށެވެ. ކިތަންމެ ގާތް މީހަކުވިޔަސް ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗަކީ ކޯއްޗެއްތޯ ބަލާށެވެ. އަދި އެއްތަނުން އަނެއް ތަނަށް މީހެއްގެ މުދަލެއް ނުވަތަ އެއްޗެއް ގެންދާއިރު، އޭގައި އޮތީ ކޯއްޗެއްތޯ ޔަގީން ކުރާށެވެ. ކޮންމެ ކޮންމެ މީހަކީ އިތުބާރު ކުރެވޭނެ މީހެއް ނޫނެވެ.
ތި ވަކީލުން ވެސް ތިބެނީ ލާރިޔާ ހެދި ބޫތުކައިފަ. ސިޔާސީ ވެފަ ތިބޭ ބައެއްތީ
ވާނުވާ ނުބަލާ ކޮމެންޓް ނުކުރޭ.. މިއީ އަސްލެއް ނޫން ވަކީލަކު ނެގޭވަރުގެ މާލީތަނަވަސްކަން ނެތިއްޔާ ދައުލަތުގެ ޚަރަދުގަ ވަކީލަކު ހަމަޖައްސަދޭނެ.
ސުބްޙާނަﷲ !
ހިލޭސާބަހަށް ނިކަމެތިންނަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެކަމަށް މަޝްހޫރު ވަކީލް ޝަމީމް ބުނި. މިހާރު ތިއުޅޭހެން ސިޔާސީ ބޮޑެތި މީހުންގެ ފަހަތުން ނުދުވެ، ދަރުމައަށް މިފަދަ މީހުންނަށް އެހީވިއްޔާ މާ ރަނގަޅުވާނެ. ޝަމީމް އާ ހަމައަށް މި ޚަބަރު ފޮނުވަދޭން އަހަރެން ވަރަށްބޮޑަށް އެދެން.
މީހަކަށް އެހީ އެއްވެދާނެތީ މިހާރު ހުރީ ސަސްޕެންޑްކޮށްފަ
ޢިބުރަތްތެރި ޙަޤީޤީ ވާހަކައެއް. ވަރަށް ދެރަ ﷲ ކޮންމެ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވޭ.. ފަހުން އޮތީ ރަގަޅުގޮތް މި ދުނިޔޭގަ ކިތަންމެ ޙާލުގައި އުޅެންޖެހުނަސް
ސިޔާސީ ކަންކަމާއި އުޅޭ ވަކީލުންވެސް އެމީހާއަށް އެހީވެ، އާހިރަތަށް ގެންދާނެ އެއްޗެއް ހޯދުމަށް މަސައްކަތްކޮށްލުމަށް އެދެން
ވަކީލަކު އަމިއްލަޔަށް ހަމަ ނުޖެއްސޭމީހުންނަށް ދައުލަތުން ވަކީލަކު ހަމަޖައްސަދެއެއް ނޫންތަ؟
ވަގުތުން އެހީ ހޯދައިދީ. ދަރުމަ ހުންނާނެ
ސުބްޙާނަﷲ..
ހައްޤަށް ނަސްރު ދެއްވާނދޭ..
ތިޔަ ވަކީލުން ތިޔައީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ބައެއް.. ކޮންމެ މަސައްކަތެއްވެސް ކުރުމުން އޭގެ ބަދަލުގަ ކޮންމެސް އެއްޗެއް ލިބޭނެ.. ކޮންމެ ފަހަރަކު ލިބޭނީ ލާރިއެއް ނޫން.. މޮޅަށް ކިޔެވުމުގެ ބޭނުމެއް ނެތެއްނު އެހެންވީމަ..
ނިކަން ވިސްނާލަބަލަ.. މުސްލިމުންނޯ! ހާލުގަ ޖެހޭ ދުވަހު އެހީވުން އެއީ އެންމެ ރަނގަޅު ރީތި ގޮތް ދޯ!
ޔާ ﷲ މިނިކަމެތި މީހާއަށް އިންސާފު ލިބޭނެ ގޮތް މި ދުނިޔޭން ވެސް މިންވަރު ކުރައްވާށި އާމީން
ރަނގަޅު ގޮތެއް މެދުވެރިވާންދޭވެ.
ޔާاللّٰه މި އާޓިކަލްގަ މިބުނާ ނިކަމެތިމީހާގެ ކުށެއް ނުވާނަމަ އެމީހާ އެއަދަބުންމިންޖުu ކޮށްދެއްވާ، ޢުފާވެރި ދިރިއުޅުމެއް މިންވަރުކޮށްދެއްވާށި، آمين?
ޔާاللّٰه މި އާޓިކަލްގަ މިބުނާ ނިކަމެތިމީހާގެ ކުށެއް ނުވާނަމަ އެމީހާ އެއަދަބުންމިންޖުu ކޮށްދެއްވާ، ޢުފާވެރި ދިރިއުޅުމެއް މިންވަރުކޮށްދެއްވާށި، آمين?
ޔާاللّٰه މި އާޓިކަލްގަ މިބުނާ ނިކަމެތިމީހާގެ ކުށެއް ނުވާނަމަ އެމީހާ އެއަދަބުންމިންޖު ކޮށްދެއްވާ، ޢުފާވެރި ދިރިއުޅުމެއް މިންވަރުކޮށްދެއްވާށި، آمين?
ވަގުތުނޫހުން ބަލިމީހުންނަށް ގިނައަދެދެއްގެ ފައިސާގެ އެހީތެރިކަން ހޯދާދެމްއެވެ. ވީމާ މިނިކަމަތި އަންހެންމީހާއަށް ވަކީލަކު ހޯދާދޭށެވެ.
މެޑަމް ފާަތުން ނަށް ޚަބަރުލިބި ވަޑައިގެންފި ނަމަ އެހީތެރިވެ ދެއްވާނެ. ޔަޤީން.
ތީގެންވެސް އެނގެނީ ގުންޑާ ބޮޑުވަގުގެ އަނިޔާވެރިކަން ހުރިމިންވަރެވެ. ތިވަރު ކަމެއްގަ ދައުލަތުން ވަކީލުން ހަމަ ޖައްސާދެވެން ޖެހޭނެއެވެ. މިކޮމެންޓް ޖަހާނެކަމެއްނެތް.އޭރުން ލަންކާ ޗުއްޓީ ދަތުރު ކަލޯމެނަށް ދެންވެސް ލިބޭނީ
އެކަނބުލޭގެ ވާހަކަ ވަރައްނަލަ