ބޭނުންވާ ތަކެތި:

(3 މީހުންނަށް)
3 ޕެކެޓް ނޫޑުލްސް
3 ކުކުޅު ބިސް
3 ޖޯޑު ފެން
1 ފިޔާ (ކޮށާފަ)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
ގިތެޔޮ މިރުސް
ހިކަނދިފަތް
ތެޔޮ

ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ، ފެންފޮދެއް ކެއްކުމަށްފަހު އޭގެ ތެރެއަށް ނޫޑުލްސް ކޮޅު އަޅާ ކައްކާލާށެވެ. ނޫޑުލްސް ޕެކެޓްގެ އެއް ސޫޕް ޕެކެޓް ވެސް އަޅަންވާނެއެވެ. ރަނގަޅަށް ނޫޑުލްސް ކޮޅު މަޑުވުމުން ފެނާއި ނޫޑުލްސް ކޮޅު ވަކި ކޮއްލާށެވެ. (ފެން ފޮދުން ނޫޑުލްސް ކޮޅު ނަގާށެވެ).

ދެން ތައްޓެއްގެ ތެރެއަށް ބިސް އަޅާފައި އޭގެ ތެރެއަށް ސޫޕް ޕެކެޓެއްގެ ބައި ސަމުސާހާ އެތިކޮޅެއް އަޅާ ގިރާލުމަށްފަހު އޭގެން ތުނިކޮށް ބިސްގަނޑެއް އަޅާލާށެވެ. އަދި ތެފުއް ފިހެވުމުން ނަގައިފާ ކުދިކޮށް ކޮށާލާށެވެ.

ދެން ތެޔޮ ފޮދެއްގައި ފިޔާ ކޮޅު މީރު ކޮއްލުމަށްފަހު އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް ހިކަނދިފަތް މިރުސް އެޅުމަށްފަހު އިރުކޮޅެއް ވަންދެން އެއްކޮއްލާފައި އޭގެ ތެރެއަށް ކުރިން ކޮށި ބިސްކޮޅު އަޅާލާށެވެ. މަޑު ގިނީގައި އިރުކޮޅެއް ވަންދެން ކައްކާލުމަށްފަހު ކުރިން މަޑުކުރި ނޫޑުލްސް ކޮޅު އަޅާ އެއްކޮށްލާށެވެ.