ޑިޖިޓަލް ޕްލެޓްފޯމްތަކަކީ ވެސް އާމްދަނީ ހޯދިދާނެ ޕްލެޓް ފޯމެއްކަން 9 އަހަރުގެ ކުއްޖަކު މިވަނީ މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ.

ޖައްސަޖައްސައިގެން 3 އަހަރު ވަންދެން ޔޫޓިއުބުން އެންމެ ބޮޑު އާމްދަނީއެއް ހޯދި އުމުރުން 9 އަހަރުގެ ރަޔާން ކަޖީއަކީ 2020 ވަނަ އަހަރުގެ ޔޫޓިއުބުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަރާތެވެ. ރަޔާންގެ ޔޫޓިއުބު ޗެނަލްއަށް މި އަހަރު އޭނާއަށް ލިބިފައިވަނީ 29.5 މިލިއަން ޑޮލަރެވެ.

ރަޔާންގެ ޔޫބިއުބު ޖެނަލު ''ރަޔާންސް ވަރލްޑް އެލޯން''އިން ދައްކުވައިދެނީ ކުޅޭ އެއްޗެހިން ތަފާތު ކަންތައްތައް ކުރާ ވީޑިއޯތަކެވެ.

މީގެއިތުރުން ރަޔާން ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގެ ބްރޭންޑް ކުޅޭއެއްޗެއްސާއި އަންނައުނު ބްރޭންޑު ކަމުގައިވާ މާކްސް އެންޑް ސްޕެންސާ ހެދުންތަކުން ވެސް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބިފައެވެ.

ރަޔާންގެ އަމިއްލަ ޓީވީ ސީރީޒްއެއް ވަރަށް އަވަހަށް ނިކަލޯޑިއަން ޗެނަލުން ދައްކަން ވެސް ވަނީ ތައްޔާރުވެ ސޮއި ވެސް ކޮށްފައެވެ. މިއީ ވެސް ރަޔާނަސް އެތައް މިލިއަން ޑޮލަރެއް ލިބިގެންދާނެ ކަމެއް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މީގެ އިތުރަށް ރަޔާންއާއި އެކު މަސައްކަތް ކުރުމަށް ކޮލްގެޓް، ރޮކޫ، ވޮލްމާރޓް ފަދަ ފަރާތްތަކުން ދަނީ ހުށަހެޅުންތައް ހުށަހަޅަމުންނެވެ. އަދި ޖަޔަންޓް ހުލޫއާއިއެކު ވަނީ މީޑިއާ ނެޓްވޯކެއްގައި ވެސް މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޗައިލްޑް އިންފުލުއެންސާއެއްގެ ގޮތުގައި ރަޔާން އެންމެ ފުރަތަމަ އޭނާގެ ޔޫޓިއުބު ޗެނަލްގެ ފުރަތަމަ ވީޑިއޯއެއް ލާފައިވަނީ 2015 ވަނަ އަހަރުގެ މާޗު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ރާއްޖެ އަކު ތި ކަހަލަ އާމްދަނީ ހޯދުން ސިޔާސޫ ވެރިން ވަނީ މަނާ ކޮއްފަ...އެއީ އެމީހުންނަށް ވުރެ މީހުން މުއްސަނދި ވާން ފަށައިފިނަމަ އެމީހުން ފަހަތުން ރޮނގާލި އަޅާކަށް ބަޔަކު ނުދުވާނެތީ

  2. މަލީ

    ރަގަޅު