މޭގަން މާކެލް ބޮޑުވަމުން އައީ ވަރަށް އާދައިގެ އަންހެން ކުއްޖެއްގެ ގޮތުގައެވެ. އެމެރިކާގެ ލޮސް އެންޖެލިސްގައި އެކަނިވެރި މަންމަ އާއިއެކު ދިރިއުޅެމުން އައި ހައިސްކޫލް ނިންމުމަށްފަހު ދެން މޭގަން ދިރިއުޅުން ބިނާ ކުރީ އަމިއްލަ މަސައްކަތުންނެވެ. އެކްޓްރެސްއެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރު ވެގެން ދިޔަ ނަމަވެސް މޭގަންގެ ވާހަކަ މިހާރު ދެކެވެނީ އެއީ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުންނަށް ވުމުންނެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް މޭގަންގެ އާވަހަކައެވެ. މޭގަން އާއި ހެރީ ބައްދަލުވުމުގެ ކުރިން އަދި އެކްޓަރެއްގެ ގޮތުގައި މޭގަން އަހަރެމެންނަށް ފެނުމުގެ މާކުރިން ނަގާފައިވާ ފޮޓޯއެކެވެ. މިފޮޓޯ އިންސްޓަގްރާމްގައި އާއްމު ކުރީ ފޭން ޕޭޖަކުންނެވެ. އެއާއިއެކު މޭގަންދެކެ "ލޯބިވާ" އެންމެންގެ ސަމާލުކަމަށް މިފޮޓޯ އައިސްފިއެވެ.

ފޮޓޯ އިން ފެންނަނީ މޭގަން އޭނާގެ ފުރަތަމަ ލޯބިވެރިޔާ ލުއިސް އާއިއެކު ފޮޓޯއަކަށް ހުއްޓި ހުރިތަނެވެ. އެއީ 1997 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހައިސްކޫލްގައި ބޭއްވި ޑާންސެއްގައި ބައިވެރިވުމަށް ދެމީހުން ތައްޔާރުވެގެން ޔިބެ ނަގާފައިވާ ފޮޓޯއެކެވެ.

 

View this post on Instagram

 

A post shared by Nineties Anxiety (@90sanxiety)

ފޮޓޯ އާއި ގުޅޭ ގޮތުން ކޮމެންޓް ކުރި ގިނަ މީހުން ބުނެފައި ވަނީ މޭގަންގެ ރީތި ކަމަށް އެއްވެސް ބަދަލެއް އައިސްފައި ނެތް ކަމަށާއި މޭގަންގެ ރީތިކަން އޭރުވެސް ވަރަށް ފުރިހަމަ ކަމަށެވެ. ބައެއް މީހުން ވަނީ މޭގަން ކައިރީ ހުރީ މޭގަން އާއި އެކު "ސޫޓްސް" ގައި ލުއިސް ލިޓް ކުޅުނު އެކްޓަރު ރިކް ހޮފްމަންތޯ ސުވާލު ކޮށްފައެވެ. ނަމަވެސް އެއީ ރިކް އެއް ނޫނެވެ.

ކޮންމެއަކަސް ކުރީ ހަނދާންތައް އާވެގެން ދިޔަ މޭގަންގެ އެފޮޓޯ ވަރަށް ޗާލު ވެފައި ނަލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    އޭރުވެސް މިހާރުވެސް މޭގަން ވަރެއްނެތް ، މިހިތް ގުޑު ގުޑު އަޅާ މޭގަންގެ ނަން ހިތުލިޔަސް ދެން މޭގަން ފެނުނީމަ ވާނޭގޮތް ހިތައް އަރުވާލާ.

  2. މެގަން ފަސްޓް

    މޭގަން ފެނުމުން މި މޭގަނޑަށް ވާގޮތް ނުވެސް އިނގޭ