ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއި އޭނާގެ އަނބިކަނބަލުން ބްރިގިޓް ހަމައެކަނި މާގަންނަން ވެސް ހަލައްކަ ޔޫރޯ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 11.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމުގެ ހެކިތައް ފުރާންސްގެ ނޫހަކުން ހާމަކޮށްފިއެވެ.
އުމުރުން 43 އަހަރުގެ މެކްރޯން އާއި 67 އަހަރުގެ ބްރިގިޓް މާގަންނަން ބޮޑު ޚަރަދެއް ކުރިކަން ސާބިތުވުމުން ދެކަނބަލުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިވަރުގެ ބޮޑު ހޭދައެއް މާގަންނަން ހޭދަކުރުމުން ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއްސަބަބަކީ ފްރާންސް ވެސް އިޤްތިޞާދީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތުމެވެ.
މެކްރޯންގެ ދެކަނބަލުން ގިނަ އަދަދެއްގެ މާގަނެފައި ވަނީ ދައުލަތުގެ ބަޖެޓުންނެވެ. އެމާތައް ގަނެފައި ފްރާންސްގެ ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސްއަށެވެ.
ރިޔާސީ ގަނޑުވަރަށް ގިނަ އަދަދެއްގެ މާ ގަތްއިރު ކޮވިޑް-19 އާއި ގުޅިގެން ރިޔާސީ ގަނޑުވަރުގައި ގިނަ ރަސްމިއްޔާތުތަކެއް ވެސް ނުބާއްވައެވެ. އެހެންކަމުން ގިނަ އަދަދެއްގެ މާގަނެފައި ވަނީ ރަސްމިއްޔާތުތަކަށް ގަނޑުވަރު ޒީނަތްތެރި ކުރުމުގެ ބަދަލުގައި ހަމައެކަނި ރައީސާއި ފަސްޓްލޭޑީގެ ހިތްހަމަޖެހުމަށް ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.
ރިޔާސީ ގަނޑުވަރަށް ގިނަ އަދަދެއްގެ މާ ގަތް މައްސަލަ ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ރިޔާސީ ގަނޑުވަރުގެ ރޫމަކަށް ބަދަލުތައް ގެންނަން ގާތްގަނޑަކަށް 930000 ޔޫރޯ (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 17.5 މިލިއަން ރުފިޔާ) ޚަރަދު ކުރިކަން ބޭޒާރުވެ އެކަމަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ފްރާންސްގެ ރައީސް މެކްރޯން އާއި ބްރިގިޓް ރިޔާސީ ގަނޑުވަރުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރާތީ މީގެ ކުރިން ވެސް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. މެކްރޯންގެ ދެކަނބަލުން ވަނީ 2018 ވަނަ އަހަރު ފަސްލައްކަ ޔޫރޯ (ދިވެހި ރުފިޔާ އިން ބަލާނަމަ 9.4 މިލިއަން ރުފިޔާގެ) ތަށިސެޓެއް ވެސް ރިޔާސީ ގަނޑުވަރަށް ގަނެފައެވެ.
ތިއީ މި ދޫނި ރާއްޖޭގެ ރައީސުން ވެސް އުޅުއްވާ ގޮތް . ޢަމީނެކޭ ނާސިރެކޭ މައުމޫން ތިކަމުގައި ތަފާތެއްނެތް. ޑިމޮކްރެސީ ގެ ފަހުން ވެރިކަމަށް އައި ނަޝީދެކޭ ޔާމީނެކޭ ވަހީދެކޭ ސާލިހު އެކޭ ވަކި ތަފާތެއްނެތް. ހުރިހާ ރައީސުންވެސް ރައްޔިތުންގެ ޚަޒާނާ ލޫޓުވާލީ.
މުސްކުޅި ވުމުން ހުންނާނީ ކުޑަ ކުދިންގެ ހިޔާލު
ފަސޓު ލޭޑީ ބޭބުންވަނީ ޅަކުދިން އުޅޭހެން އުލެން
ދެ ކަނބަލުންނޯ! ކިޔާބަލަ އިސްލާމިފޯބްސް އޭ! މާ ތާހިރުވާނެ! ދަރިވަރެއްގެ ގޮތުގައިހުރެ ޓީޗަރުގެ އާއިލާ ރޫޅުވާ، އޭގެތެރެއަށް ބޯކޮށްޕާލި ނުބައި ޝައިޠާނާ މެކެރޮން!
ތިސައިތޯނުގެ ހަބަރު ނުގެނެސް ބަލަ
އިސްލާމް ދީނަށް ފުރައްސާރަ ކުރީމަ ވީމޮޅެއްކޮބާ ބީތާޔާ! ކަލޯ އަމިއްލަޔަަށް ސޯޓުބޭލި އޮރިޔާންވެގެން ތިޔަ ދަނީ ކަބަސް ބަކައްޓާ!