ސުޝާންތުގެ ސިންގު ރާޖުޕޫތުގެ އުފަންދުވަހާއި ދިމާކޮށް އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ މައު ގަންނަން ގޮސް އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.
ޖެނުއަރީ 21 ވަނަ ދުވަހަކީ ސުޝާންތުގެ އުފަންދުވަހެވެ. މި އަދު ރިއާ ވަރަށް އާދައިގެ ހެދުމެއްގައި މާ ވިއްކާ ތަނަކަށް ގޮސް އޭނާ ބޭނުންވާ ވައްތަރުގެ މާތައް ނަގަން ހުއްޓާ ނަގާފައިވާ މި ފޮޓޯތަކުގެ ސަބަބުން ގިނަ ބަޔަކު ބުނަމުން ދަނީ އެއީ ސުޝާންތުގެ އުފަންދުވަހަށް އޭނާ ގަންނަ މާ ބޮޑިއެއް ކަމަށެވެ.
ޑުރަގުގެ މައްސަލައިގައި ޖަލަށްލީ ރިއާ ޖަލުން ސަލާމަތް ވުމަށް ފަހު އުޅެމުންދަނީ މީޑީއާ ތަކާއި ވަރަށް ދުރުދުުރުންނެވެ. އޭނާގެ ރަހުމަތްތެރިންނާއި އެކު ކުރާ ޕާޓީތައް ވެސް ވަނީ މިހާރު ވަރަށް ބޮޑަށް ސިއްރު ކުރެވިފައި ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ.
ޑުރަގުގެ މައްސަލަ އަދިކޮށް ނުނިމޭތީ ކޮންމެ މަހަކު އެއް ފަހަރު ރިއާ ދަނީ އެންސީބީއަށް ހާޟިރުވަމުންނެވެ.
ސުޝާންތުގެ ސިންގްގެ އުފަންދުވަހަށް އޭނާގެ ސަޕޯޓަރުން ދަނީ ޓްވިޓާގައި ހޭޝްޓެގް ''ވަން ޑޭ ފޮރ އެސްއެސްއާރް ބާރތުޑޭ'' ގެ ނަމުގައި ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ.
މީގެއިތުރުން ސުޝާންތުގެ ކުރީގެ ބައެއް ފޮޓޯތައް ހިއްސާކޮށް އޭނާގެ ސަޕޯޓަރުން ދަނީ ޓްރިބިއުޓްދީ ސުޝާންތަކީ ރަނގަޅު އިންސާނެއް ކަމުގައި ބުނެ އޭނާގެ ރަނގަޅު ވާހަކަ ދައްކަމުންނެވެ.
ސުޝާންތު ސިންގް ރާޖުޕޫތު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުންނެވެ.