ޔޫކްރޭނުގައި ދަރަނި ބޮލުގައި އެޅިފައި ތިބި މީހުންނާއި މެދު އެގައުމުގެ ސަރުކާރުން އަންނަނީ ހަރުކަށި އުސޫލުތަކެއް ބޭނުން ކުރަމުންނެވެ. އެގޮތުން އެމީހުން ގެންގުޅޭ އަގުބޮޑެތި އެއްޗެހި ސަރުކާރުން އަތުލައި ވިއްކަން ނިންމަމުން ގެންދެއެވެ.

މީސްމީޑިއާގައި މިވަގުތު އެންމެ ހަލުވި ކަމާއިއެކީ ދެކެވެމުން އަންނަނީ އެގައުމުގެ ސަރުކާރުން މީހެއްގެ ޖަންގިޔާތައް ވިއްކަން އިއުލާން ކުރި ޚަބަރެވެ.

"ބީބީސީ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގެ ސިޓީއެއް ކަމަށްވާ ކްރީވީގެ ފިރިހެނަކު ގެންގުޅޭ ޖަންގިޔާތައް ވަނީ ވިއްކަން ބަހައްޓާފައެވެ. މިޖަންގިޔާތައް އޮންލައިންކޮށް ގަންނަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ ގޮތަށް އެގައުމުގެ ޖަސްޓިސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އިއުލާން ކޮށްފައެވެ.

އެ ވެބްސައިޓުގައި ޖަންގިޔާ ވިއްކަން ޖަހާފައިވަނީ އެގައުމުގެ ފައިސާއިން ބަލާނަމަ، 19.4 ހްރީނިއާ އަށެވެ. އެއީ ރާއްޖޭގެ 10.74 (ދިހަ ރުފިޔާ ހައްދިހަ ހަތަރު ލާރި) އެވެ. އޭނާގެ 36 ޖަންގިޔަލެއް ވިއްކާލަން އިއުލާން ކޮށްފައި ވެއެވެ.

ޖަންގިޔާގެ އިތުރުން އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ގެރިއާއި ކަންބަޅި ބަކަރިވެސް ވިއްކަން ޖަހާފައެވެ.

ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ޔޫކްރޭނުގައި ދަރަނި ބޮލުގައި އެޅިފައި ތިބި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުން ދަރަނިވެރި ވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. 2018 އަށް ބަލާނަމަ މި އަދަދު އުޅެނީ 200،000 ގައެވެ.

މިދިޔަ އަހަރުގެ އެގައުމުގެ އަންހެނަކު އޮޅުކޮށްގެން ގެންގުޅޭ ކުއްތާތަކެއް ވިއްކުމަށް ސަރުކާރުން ޖެހުމުން މީސްމީޑީއާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެގައުމުގެ މަޖިލިސް މެމްބަރަކު އެކަމަށް ތާއިދުކޮށް، އެ އަންހެން މީހާގެ ބިލްތައް ދެއްކުމަށް ކުއްތާތައް ވިއްކާލުމަށް ބުނުމުން އޭނާއަށް ގިނަ ބަޔަކު ވަނީ މަލާމާތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިގައުމުގެ ތިބި ރައްޔިތުންގެވެސް ޖަނގިޔާ ވިއްކާހިސާބައް ގޮއްސަ މިއޮތީ

    26
    3
  2. ކިނބޫ

    މި ގައުމުގަވެސް ޖަނގިޔާ ވިއްކަން ނުކުންނަ ހިސާބަށް މިއޮއްދަނީނު.

    27
    2
  3. ހުސޭނުބޭ

    ޔޫކްރޭނުގައި ދަރަނި ބޮލުގައި އެޅިފައި ތިބި މީހުންނާއި މެދު އެގައުމުގެ ސަރުކާރުން އަންނަނީ ހަރުކަށި އުސޫލުތަކެއް ބޭނުން ކުރަމުންނެވެ...................
    ހަރުކަށި ވެވޭނީ ތިވަރަށް! ޖަނގިޔާކޮޅުވިއްޔާ ވިއްކާލަން ތި ޙުކުމްކުރީ!

    16
    1
  4. ކޮތަރުކޮށި

    ތީހާދަ އަގުބޮޑު ޖަގިޔާއެ ކޭ