ކޮވިޑް-19 ވެކްސިނާއި ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާ މީހުންގެ އެކައުންޓުތައް ފާހަގަކޮށް ޓްވިޓާ 'ވައިލޭޝަން ޕޮލިސީ'ގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ޓްވިޓާއިން ބުނެފިއެވެ.

ޓްވިޓާ އިން ބުނެފައިވަނީ ކޮވިޑް ވެކްސިނާއި ބެހޭގޮތުން ދޮގު ވާހަކަ ފަތުރަމުންދާ އެކައުންޓުތައް ބެލުމަށް މީހުންނާއި އޮޓޮމޭޓިވް އުކުޅުތައް ބޭނުން ކުރަމުން ދާކަމަށެވެ. މިހާތަނަށް ޓްވިޓާ އިން ވަނީ ބަޔެއް އެކައުންޓުތަށް ބޭން ކޮށްފައެވެ. މީގެ ތެރޭގައި ވެކްސިނާއި ބެހޭ ގޮތުން ދޮގު ވާހަކަ ތަކެއް ފެތުރި އެކައުންޓާއި، ވައިރަސް ފެތުރޭ ގޮތާއި ބެހޭ ގޮތުންނާއި، މާސްކް އެޅުމުން ފައިދާއެއް ނުކުރާ ކަމަށް ބުނެ ވާހަކަ ދައްކާފައިވާ އެކައުންޓެއް ހިމެނެއެވެ.

މި ސްޓްރައިކް ސިސްޓަމް ބޭނުން ކޮށްގެން މީހުންނަށް އެއްޗެއް އަންގައިދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޓްވިޓާ ބްލޮގް ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ފުރަތަމަ ފަހަރަށް މިފަދަ މައުލޫމާތެއް ފެތުރުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައެވެ. ނަމަވެސް ޕޮލިސީ އާއި ހިލާފަ އަމަލުކުރާ ދެވަނަ ފަހަރާއި ތިންވަނަ ފަހަރުވެސް 12 ގަޑި އިރަށް ޓްވިޓާ އެކައުންޓު ލޮކް ކުރެއެވެ. އެއާއި އެކު ހަތަރު ވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 7 ދުވަހަށް އެކައުންޓު ލޮކް ކޮށް ފަސްވަނަ ފަހަރު މުޅި އެއްކޮށް ޓްވިޓާ އެކައުންޓު ބޭން ކޮއްލައެވެ.

މިދިޔަ މަހު ފޭސްބުކް އިންވެސް ވަނީ ޕޮލިސީތައް ވަރުގަދަ ކޮށް އެކަން އިއުލާނުކޮއްފައެވެެެ. މި ޕޮލިސީ ތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކޮވިޑް ވެކްސިނެއް ނޫނެވެ.