ހުޅުމާލޭގައި ފިހާރައެއް ފަޅާލައި ވައްކަން ކުރުމަށްފަހު ނުކުމެގެން ދިޔަ ވަގުންގެ ބަޔަކު ފުލުހުންގެ ކުރިމައްޗަށް ޖެހިއްޖެއެވެ.
ހުޅުމާލޭގައި ވަގުން ވައްކަން ކޮށްފައިވަނީ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރައަކުންނެވެ.
އެ ފިހާރައިން އާންމު ކޮށްފައިވާ ވީޑީއޯއިން ފެނިގެން ދަނީ ފިހާރަތެރެއިން ހަތަރު މީހަކު ނުކުތް ގަޑީ އެ ސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހެއްގެ ކުރިމައްޗަށް ނުކުމެވޭ މަންޒަރެވެ. އަދި ފުލުހުން ފެނުމާއި އެކު ހަތަރު މީހުންވެސް ދުއްވައިގަތް މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އޭގެ ތެރެއިން ދެ މީހަކު ފަހަތުން ފުލުހުންގެ ދެ މީހުން ވެސް ދުއްވައިގަންނަތަން ވީޑީއޯއިން ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެމީހުން އެ ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށާއި އެކަމަށް ބޭނުން ކުރި ދަގަނޑު ކަށިގަނޑެއްވެސް އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނަށް ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނެގިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލައާއި ގުޅިގެން މިއަދު މެންދުރު 3:12 އެހާކަންހާއިރު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާއާ ހިނގިއިރު، ހަތަރު މީހަކު ހަރަކާތްތެރިވި ކަމަށާއި އެތަނުން އެކަކު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދެވަނަ ފުލުސްމީހާ ބޭރަށް ނުކުންނަން ދިމާކޮށްފައި ތިބި ދެމީހުންނާ ދިމާލަށް ދިޔަަނަމަދޯ. އޭރުން އެތާގައި އެމީހުން ތާށިކޮށްލެވުނީސް ވިއްޔަ. މިހެން ބުންޏަސް މަ އެތާގައި ހުއްޓަސް މަށަށްވެސް ވާނީ ހަމަ އެވަރު ކަންނޭގެ
ފަސްޓް ކަމް ފަސްޓް.ހެހެ
ޙުޅުމާލޭގައި ފިހާރަތައް ފެޅުން މިހާރު މިވަނީ ޢަންމުވެފައެވެ
ލޮލް
ލަމާއޯ
އައްޗީޑި، ޕޮލިހުންތައް އަމައްޔާއި ވެފަ، ހީވީ ކުކުޅުތަކެއް ފަހައި ދުއްވައިގަތަހެން. ޕޮލިހުން އަބަދުވެސް މޮޅުވާނީ އަންހެންވެރިންގިނަ މުޒާހަރާތައް ރޫޅާލަން އެކަނި.
ހަގީގަތިގައި މިހާރު ދޮރުމަތީގައި ބާ ފައިވާނެއްވެސް ބެހެއްޓެން ނެތް ، ވަގައްނަގާވަރުން. މިވަރުން ދާކަމުގައި ވަންޔާ ލާންގެންގުޅޭ ބާ ޖަނގިޔާވެސް ވަގައް ގެންދާނެ.
ބަލަ ދެވަނަ ފުލުސް މީހާ އެ ދުއްވައިގަތް ތަނުން އެކަކު އަތުލައި ގަތް ތަނެއް ނުފެނޭތަ.. އަނބުރާލާފަ އައިއްސަ ބަލާބަލަ އޭނަ އަތުގަ އޮތް ޓޯރޗް ދާ ހިސާބު އޭރުން ފެއްނާނެ އެ ވަލާ ދިމާލައް ދުއްވައިގައްނަ މީހާ އަތުލާ ތަން.. 🤣🤣🤣
ރަނގަޅަށް ތިބުނީ. ގިނަ މީހުން އަނގަތަޅަނީ ވާނުވާ ނޭންގި. ޕޮލިހުން ގޯސްވީ. ވަގުން ވީ އަލިފުންނަށް. ކޮމެންޓަރުންގެ ވާހަކަ ހުރީ އެހެން.
އަންނި ގެ ބައި މީހުން ބުނާ ހެން ފުލުހުން ރަގަޅު ވާނީ ކާކީ ސޯޓް ލައްވާފަ ހަންބުރި ތަކަށް އަރުވާފަ ބައިތިއްބަން،،،،