ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރަންބީރު ކޮވިޑަށް ފައްސިވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އޮތުމަށް ފަހުއެވެ. ރަންބީރު ފައްސިވި އިރު އޭނާގެ އާއިލާގެ މެމްބަރަކު އަދި ފައްސިވިކަމަށް އެނގިފައި ނުވެއެވެ.

ރަންބީރު ކޮވިޑަށް ފައްސިވި އިރު އޭނާގެ މަންމަ ނީތު ކަޕޫރު ވެސް ވަނީ މީގެ ކުރިން ކޮވިޑަށް ފައްސިވެފައެވެ. ނީތު ކޮވިޑަށް ފައްސިވީ ޗަންޑިގާހް ގައި އޭނާގެ ފިލްމު ޖަގް ޖަގް ޖީޔޯގެ ޝޫޓިންގައި އުޅެނިކޮށެވެ.

ރަންބީރުގެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ބްރަހްމަސްތްރާ އިންނެވެ. މި ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެންނާނީ އާލިޔާ ބަޓްއެވެ.

ބޮލީވުޑްގެ ފިލްމުތަކުން ދެން ރަންބީރު އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ ކަރަން މަލޯތްރާގެ ޝަމްޝެރާ އިންނެވެ. މި ފިލްމުގައި ފެނިގެންދާނެ ތަރީންގެ ތެރޭގައި ކަޕޫރް، ކަބީރް ސިންގް ހިމެނެއެވެ.