ކަރީީނާ ކަޕޫރް އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި، އަދި ގިނަ ބަޔަކު ބަަލައިގެންފައިވާ އެއް ތަރިއެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަަނަަ ދުވަހު އޭނާ އާއި ބޮލީވުޑްގެެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ކައިވެނި ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ދެމަފިރިންނަށް ހުއްޓިފައެވެެ.

ކަރީނާ ވަނީ މިދިޔަ މަހުގެ ތެރޭގައި އޭނާގެ ދެވަނަ ދަރިފުޅު ވިހާފައެވެ. މި ހަބަރު ވެގެން ދިޔައީ އޭނާގެ ފޭނުންގެ އިތުރުން، ބޮލީވުޑުގައި އެކުގައި މަސައްކަތް ކުރަމުން ދާ އެހެން ތަރިންނަށްވެސް ލިބުނު އީދަކަށެވެ. މި އުފަލުގައި އޭނާއަށް ތަރިންގެ ފަރާތުުން ވަނީ މިލިއަނަކަށް ވުރެ ގިނަ ރުޕީސްގެ ހަދިޔާ ދީފައެވެ.

އެންމެ ފުރަތަމަ ކަރީނާއަށް ހަދިޔާއެއްް ދީފައި ވަނީ އޭނާގެ ދައްތަ އަދި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަަމަށްވާ ކަރެޝްމާ ކަޕޫރް އެެވެ. އިންޑިއާ މީހުންގެ މެދުގައި ހާއްސަ ހެދުމެއް ކަމަށްވާ "ލެހެނގާއެެއް" ކަރެޝްމާ ކަރީނާއަށް ހަދިޔާކޮށްފައިވާއިރުު، އެެ ލެހެެނގާގެ އަގު 1.2 ލައްކަ އިންޑިއާ ރުުޕީސްއަށް އަރައެވެ. މި ލިސްޓުގައި ދެން ފާހަގަކޮށްލެވެނީ ކަރީނާގެެ ބައްޕަ އޭނާއަށް ދެވަނަ ދަރިއަކު ލިބިގެން ދިން ހަދިޔާއެެވެ. ކަރީނާގެ ބައްޕަ އަދި ބޮލީވުުޑްގެ ތަރި ރަންދީރް ކަޕޫރް ވަނީ ކަރީނާގެ ދަރިފުޅު ނިންދެެވުމަށް ތިން ލައްކަ ރުޕީސް އަށްވުރެ އަގުބޮޑު ކުޑަ އެނދެއް ހަދިޔާކޮށްފައެވެ.

ސައިފްގެ ތައްތަ ސޯހާ އަލީ ޚާން ވަނީ އެ އާއިލާއަށް އަލަށް މަރުުހަބާކީ ތުުއްތު ކުއްޖާއަށް 2.3 ލައްކަ ރުޕީސްގެ ކާރެއް ހަދިޔާކޮށްފައެވެ. މުޅި ބޮލީީވުޑްގެވެސް އެންމެެ މަގުބޫލް ފިލްމު ޑިރެކްޓަރު ކަރަން ޖޯހަރު ހަދިޔާ ދީފައި ވަނީ ސައިފް އަށެވެ. ކަރަން ޖޯހަރު ސައިފް އަށް ދިން ރޮލެކްސް ގަޑީގެ އަގަކީ 90،000 އިންޑިއާ ރުޕީސް އެވެ.

މަޝްހޫރުު ތަރި ރަންބީރް ކަޕޫރް އަދި އޭނާގެ ލޯބިވެރިޔާ އާލިޔާ ބަޓްވެސް ވަނީ ކަރީނާ އަށް ހަދިޔާ ދީފައެވެ. 1.5 ލައްކަ ރުފިޔާގެ އަގުބޮޑު ހެދުމެއް ކަރީނާގެ ދެބެންގެ ދެދަރި ކޮއްކޮ ރަންބީރް ހަދިޔާކުރިއިރު އާލިޔާ ހަދިޔާކޮށްފައި ވަނީ، 85،000 ރުޕީސްގެ އަގުބޮޑުު ރަން ކެވެލިކޮޅެކެވެ.

މި ލިސްޓުގައި އަދިވެސް ގިނަ އަދަދެއްގެ މީހުން ހިމެނެއެެވެ. ކަރީނާގެ ފޭނުންވެސް އަންނަނީ އޭނާއަށް އެެކި ހަދިޔާތައް ދެވަނަ ދަރިފުޅު ވިހެއުމުގެ އުފަލުގައި ދެމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    މުއްސަނދިވެ ދޯ ދަރިޔެއް ލިބުނަސް ، އަހަރެމެން މިޖެހެނީ ދަރިޔެއް ލިބުނީމަ އެހެންމީހުނައް ހަދިޔާދީ ކާންދީ ހަދަން.

    13
  2. ހަސަން

    90000 ރުޕީސް އަށް ކޮންތާކުން ރޮލެކްސް ގަޑިއެއް ގަންނަން ލިބެނީ . އެޢި 1200 ޑޮލަރު . ނުލިބޭނެ. ހަބަރު ހޯދި ތަނެއް އަދި އެެއްފަހަރު ބަލާލަން ފެނޭ