އާއްމު ގޮތެއްގައި ދައްތަ އަކީ ކައިވެނި ރޫޅޭފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ކައިވެނި ރޫޅުނަނުދީ މައްސަލަ ހައްލުކުރަން އެންމެ ބޮޑަށް މަސައްކަތް ކުރާ މީހާއެވެ. ނަމަވެސް މޭގަން މާކެލްގެ ދައްތަ ތަފާތެވެ.

މޭގަން އާއި އެއްބަފާ ދައްތައެއް ކަމަށްވާ ސަމަންތާ މާކެލް ބުނާ ގޮތުގައި މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނި ދާދި އަވަހަށް ރޫޅިގެން ހިނގައިދާނެއެވެ.

ސަމަންތާ އަކީ މޭގަންގެ ދައްތަ ކަމަށް ވީނަމަވެސް މޭގަން އާއި ސަމަންތާގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ. މޭގަން ހެރީ އާއި ލޯބީގެ ގޮތުން ގުޅުނު ފަހުން އަދި މޭގަން އާއި ސަމަންތާ އާއި ބައްދަލުވެފައެއް ވެސް ނުވެއެވެ. ސަމަންތާ އަށް އޭނާގެ ހަޔާތުގައި ވެސް އަދި ހެރީ އާއި ބައްދަލުވެފައެއް ނުވެއެވެ.

ސަމަންތާ ބުނާ ގޮތުގައި މޭގަންގެ ކަންތައްތައް ހުންނަ ގޮތުގައި ހެރީ އާއިއެކު ކައިވެނި ދެމެހެއްޓިދާނެ ކަމަކަށް އޭނާ އަށް ގަބޫލެއް ނުކުރެވެއެވެ.

މޭގަން އާއި ހެރީ އަށް މިހާރު ކުއްޖަކު ލިބިފައި ވާއިރު މޭގަން މިހާރު އިނީ ހެރީގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. ދެމަފިރިންގެ ގުޅުން ފެންނަ ފެނުމަށް ވަރަށް ރަނގަޅެވެ. ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމަށްފަހު ވަކި ދިރިއުޅުމެއް ހިޔާރުކުރި ސަބަބަކީ ވެސް މޭގަން އާއި ދަރިފުޅު ކަމަށް ހެރީ އެތައް ފަހަރަކު ބުނެފައި ވެއެވެ.

ހެރީ އާއި މޭގަންގެ ކައިވެނި ރޫޅިދާނެ ކަމަށް މޭގަންގެ ދައްތަ ބުނެފައި ވާއިރު މޭގަން އާއި އޭނާގެ ބައްޕަ އާއިވެސް ގުޅުމެއް ނެތެވެ. މޭގަން ވަރަށް ކުޑައިރު މޭގަންގެ ބައްޕަ އާއި މަންމަގެ ކައިވެނި ރޫޅިއްޖެއެވެ. އޭގެފަހުން މޭގަން ބަލަހައްޓަމުން އައީ އޭނާގެ މަންމައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އަސްލު މޭގަން އަށް ދެރަ ގޮތްވުމަށް އެދިގެން މޭގަންގެ އާއިލާއިން އުޅެނީ ކީއްވެކަން ވަރަށް ސާފް. ވަރަށް ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެއް ބައްޕަޔަކާއި އާއިލާއެއްކަން ފާހަނގަވޭ. ރޯޔަލްފެމެލީގެ ފޮނިމީރުކަން ނުލިބިގެން އުޅޭހެން ވަރަށް ހީވޭ

    27
    4
  2. މޭގަން ގެ ސިސްޓަރު

    މޭގަން އަކީ ވެސް ކުއްޅަވައްފަލު ރަންޏެއް، ކަލޭމެންނަށް ނޭންގުނަސް. ކުރުކޮށް ފޮނިކޮށް މި ބުނީ..........

    13
    4
  3. މުބީނު މާރނީ

    މޭގަން ގެ ބައްޕަ އަކީ ރާ-ބޯ މީހެއް. ވީމާ ލާރި ބޭނުން ވާނެ. ކޮންމެ އިންޓަރވިޔު އަކަށް އެތައް އެތައް ޑޮލަރެއް ދޭނެ. ދައްތަ އަށާއި ބައްޕަ އަށް އިނގޭ މެގަން އާއި ރަޙްމަތްތެރިކަން އޮތަސް މެގަން އަތުން މާ ގިނަ ލާރިތަކެއް ދަމައި ނުގަނެވޭނެކަން. މެގަން ނުދޭނެކަން. އެއީ މެގަން ގެ ގޮތް އެމީހުންނަށް އެނގޭތީ. ވީމާ އިންޓަރވިޔު ތައް ދީގެން ބޮޑު ލާރިގަނޑެއް ދަމައިގަންނަނީ. މެގަން ގެ ދައްތަ މެގަން އާއި ބެހޭ ފޮތެއް ލިޔެގެންވެސް މިލިއަނެއްހާ ޑޮލަރު ދަމައިގަންނާނެ. ނަމަވެސް މި 2 މީހުންނަށް ނޭންގޭ ކަމަކީ ލާރި އަކީ ހަރާން ގޮތުގައި ހޯދައިފިނަމަ އޭގައި ބަރަކާތެއް ނުހުންނާނެ އެއްޗެއް ކަން. ފާފަ ވަރަށް ބޮޑު ވާނެކަން.

    15
    3
  4. ބަޔި

    އަހަރެމެންނަށް ހެޔޮ މޭގަން އުލުބޭންދިޔަސް ސާހީ އާއިލާއިން .....

    9
    3