200 އަށް ވުރެ ގިނަ އެހިކަހަލަ ރޯގާގެ ވައިރަސް ހިމެނޭއިރު އެއީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އަދި ބަލިފެތުރޭ ދުވަސްވަރު މި ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

ގޭގައި ގިނައިރު އުޅުން

އާންމުކޮށް ބައްޔެއް ފެތުރެން ފުރަތަމަ ފަށަނީ ގޭގެ ކޮންމެސް މީހަކަށް ޖެހުމުންނެވެ. ގޭގައި އެ ދުވަސްވަރު ރޯގާއެއް ނުވަތަ ގައިންގަޔަށް އަރާފަދަ ބައްޔެއް އުޅޭނަމަ ގިނައިރު ގޭގައި އުޅުމަށް އާދަނުކުރާށެވެ. އަދި ރޯގާ ޖެހުމުންވެސް ގޭގައި ނޯވެ އަވި ޖެހޭ ހިސާބެއްގައި އުޅެލާށެވެ. ރޯގާ ފިލުވުމަށް ބޭސް އައްވަނީ ބޭނުންތެރި އެއްޗެކެވެ.

ނިދި މަދުވުން

ހަށިގަނޑަށް އެހި ގޮތްގޮތުން އެހީތެރިވެދޭ ނިންޖަކީ ބޭނުންތެރި އެއްޗެކެވެ. ނިދި މަދުވުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކަކަށް މަގުފަހިވެއެވެ. އޭގެ ތެރޭގައި ރޯގާވެސް ހިމެނެއެވެ. ނުރަނގަޅު ނިދުމުގެ ޝެޑިއުލްއެއްގެ ސަބަބުން ރޯގާފަދަ ވައިރަސް ފަސޭހައިން ހަށިގަނޑުގެ ތެރެއަށް ވަދެއެވެ.

ސިނގިރޭޓު ބުއިން

ހަށިގަނޑުގެ ރެސްޕިރޭޓަރީ ސިސްޓަމް ނުވަތަ ނޭވާލާ ނިޒާމު ހަލާކުކޮށްލާ އެންމެ ނުރައްކާތެރި އެކެއްޗަކީ ސިނގިރޭޓެވެ. ސިގިރޭޓުބޯ މީހުންނަށް ފަސޭހައިން ރޯގާ ޖެހެއެވެ. އެއީ ނޭވާލާ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ނެވެ. އެހެންކަމުން އިތުރު ބަލިތަކަކަށް މަގުފަހިވުމުގެ ކުރިން ސިގިރޭޓާއި ދުރުވާށެވެ.

ކަންކަމާ ވިސްނުން

ކަންކަމާ ވިސްނާ ފިކުރުކުރާ މީހެއްނަމަ ބަލި ފެތުރޭ ދުވަސްވަރުވެސް އުޅޭނީ އެނދުމަތީގައި އެވެ. ވިސްނުންތަކާއި ދުރުވެ ބޭރަން ނިކުމެލާ ހިތްހަމަ ޖައްސާލާށެވެ. އަބަދު ގޭގައި ކަންކަމާ ވިސްނަން އޮތުމަތީ ބައްޔާއި ގާތް ކުރުވާ ކަމެކެވެ.