ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ، މާސް ގެ ދިރާސާތައް ކުރިޔަށްގެންދިއުމަށް އެ ގުރަހައަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ފޮނުވި އުޅަނދަކަށް އިމަޖެންސީ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނާސާގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އިމަޖެންސީ ހާލަތެއް މެދުވެރިވެފައިވަނީ މާސްގެ ބިންފަދަ ފަށަލައިގެން ދައުރުކުރަމުންދާ "އިންސައިޓް" ލޭންޑާއަށް ކަމަށެވެ. މިގޮތުން ގުރަހައިގެ މޫސުމީ ކަމެއްގެ ސަބަބުން މި އުޅަނދުގެ ބެޓަރި ޗާޖްކުރުމަށް ހުރަސްއެޅޭފަދަ ކަމެއް ދިމާވެފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ނޫސްތަކުން ރިޕޯޓްކުރާގޮތުން އިންސައިޓް ލޯންޗާގެ ބެޓަރި ޗާޖުކުރުމަށް ހުރަސްއެޅުނީ، އޭގެ ބެޓަރިތައް އިރުގެ އަލިން ޗާޖު ކުރުމަށް ޚާއްސަކޮށްގެން ހަދާފައިވާ ޕެނަލްގެ މައްޗަށް މާސްގެ ބިންފަދަ ފަށަލައިން ހިރަފުސް އަރައި އެ ޕެނަލަށް ބޭނުންވާ އަލިކަން ނުލިބި ހުއްޓުމުން ކަމަށެވެ. މިކަމުގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި މި އުޅަނދު ބޭނުންކޮށްފިނަމަ ބެޓަރީގައި ހުރި ހަކަތަ އެކީގައި ހުސްވެ އުޅަނދު ދެން އިތުރަށް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްދާނެކަމުގެ ނުރައްކާ އެބައޮތެވެ.
މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައިވާ ގޮތުން މި މައްސަލަ ދިމާވުމާއި ގުޅިގެން ނާސާއިން ވަނީ މޫސުން ބަދަލުވެ އިންސައިޓްގެ ސޯލަ ޕެނަލްތައް މަތީގައި ހުރި ހިރަފުސް، ފިލަންދެން އެ އުޅަނދު ވަގުތީގޮތުން ބޭނުންކުރުން ހުއްޓާލައި ނިއްވާލަން ނުވަތަ ހައިބަނޭޓް ކުރުމަށް ނިންމާފައެވެ.
ޗާޖު ނުވުން ފިޔަވައި އިންސައިޓް ލޯންޗާއަށް އިތުރު އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މި އުޅަނދުގެ ހުރިހާ ފަންގްޝަނެއް ބަރާބަރަށް ހިނގާކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިންސައިޓްގެ އިންވެސްޓިގޭޓަރ ބޫރޫސް ބެނާޓް ވިދާޅުވެފައި ވަނީ، ކައިރި މުސްތަބަލެއްގައި މި އުޅަނދުގެ މަސައްކަތްތައް އަލުން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް އުޅަނދުގެ އޮޕަރޭޝަން ފެށޭނެ ސީދާ އިރެއް އޭނާ ހާމައެއް ނުކުރެއެވެ.
މި ދުވަސްވަރަކީ މާސްއަށް ފިނިމޫސުން ކުރިމަތިވާ ދުވަސްވަރެވެ. އެހެންކަމުން އިންސައިޓްގެ ސޯލާ ޕެނަލްތަކުގައި އަށަގެންފައި ހުރި ހިރަފުން އެއިން ފިލާނީ ހޫނު މޫސުން އައުމުން ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. މާސްއަށް ހޫނު މޫސުން އަންނާނީ މިއަހަރުގެ ޖުލައި މަހު އެވެ.
މާސް އަށް ވިއްސާރަ ވެހެންދެން މަޑުކޮއްލާ ދެން. އޭރުން ކިލާތަށް ފިލާނެ. މި ހެދި ބަޔަކުވެސް އެ ކަމަށް ރިއާޔަތްކޮށް ކިލާކެހި އެއް ހަރު ނުކުރީ ކީއްވެބާ
ބޯން ގެންގުޅުނު ފުޅި އެއްކޮށް ހުސްކޮށްލިނަމަ އެކަން އެނގުނީސް
މިއީ ކުރިން ފޮނުވި އެތީގެ ވާހަކަ. މިހާރު ފޮނުވި އެއްޗަކީ ނިއުކްލިޔާ ޕަވާޑް އެއްޗެއް. 80 އަހަރު ވަންދެން ހުއްޓުމެއްނެތި ކުރިޔަށްދާ އެއްޗެއް. ފޮޓޯއިންވެސް މި ފެންނަނީ ކުރީގެ އެތި.