ކޮވިޑް-19 އާ ހެދި އެތައް ކައިވެންޏެެއް ނުކުރެވި މަޑު ޖެހުނެވެ. އެތައް ކައިވެންޏެއް ފަސް ކުރިއެވެ. އަދި ކައިވެނީގެ ހަފްލާތަކަކީ ކޮވިޑް ފެތުރޭ ތަންތަނަށްވެ އެތަންތަނަށް ދިއުން ހުއްޓާލަން އެންގިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަސް ތެރޭގަައި އެމެރިކާއަށް ނިސްބަތްވާ ސަރާހް ސަޓަޑްލޭގެ ކައިވެނީގެ ހަފްލާވެސް ނުބޭއްވުނީ ކޮވިޑާއި ހެދިއެވެ. އޭނާ ކައިވެންޏަށް ހާއްސަކޮށް ހެދުމެއް ހޯދިއެވެ. އެ ހެދުންވީ މުޅިން ބޭކާރު އެއްޗަކަށެވެ.

ނަމަވެސް އޭނާ އެ ހެދުމަކީ ބޭކާރު ހެދުމަކަށް ނުހެެދިއެވެ. އޭނާ މި ދިޔައީ އެ ހެދުން ލައިގެން ކޮވިޑް ވެކްސިން ޖަހާ ސެންޓަރަށެވެ.

ބޭނުންވީ އެ ވަގުތުކޮޅަކީ ހަނދާނުގައި ހުންނާނެ ވަރުގެ ވަގުތު ކޮޅަކަށް ހެދުމަށެވެ. އެހެންވެ އޭނާ އެ ކައިވެނީގެ ހެދުމުގައި ދިޔައީ އެމްއެންޑްޓީ ސްޓޭޑިއަމަށެވެ. އޭނާ ދިޔައީ ކައިވެންޏަކަށް ދާހާ ރީތިވެގެންނެވެ.

ސްޓަޑްލީ އާއި އޭނާގެ ލޯބިވެރިޔާ ބްރިއާން ލޯބީގެ ގޮތުން ގުޅިގެން އުޅެ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި އެންގޭޖްވިއެވެ. އަދި އޭގެ އަހަރެއް ފަހުން ކައިވެނި ކުރުމަށް ތައްޔާރުވިއެވެ. އެހެން ނަމަވެސް އެ ދުވަސް ވަރު މި ދިމާވީ ކޮވިޑެވެ. އެހެންވެ ކައިވެންޏާއި ގުޅިގެން ބޭއްވީ އާއިލާ މީހުންނަށް ރޭގަނޑުގެ ކެއުމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދެމަފިރިން ފަހުން ނިންމައިގެން ތިބީ ޖޫން މަހު ހަފްލާއެެއް ބާއްވާށެވެ. އެކަމަކު މިހާރުވެސް އެ ހިސާބުގެ ކޮވިޑްގެ ހާލަތު ގޯސްވެ އެކަން ނުކުރެވޭ ކަމުގެ ސިގްނަލްތައް ފެންނަން ފެށިއެވެ. އެންމެ ފަހުން އެ ހަފްލާ ނުބައްވަން ނިންމިއެވެ. އެކަމަކު ސްޓަޑްލީގެ އެ ހެދުން ގަނެފައި އޮތުމުން ބޭނުންވީ އޭގެން ކޮންމެވެސް ކަމެއް ކުރާށެވެ.

އެހެންވެ އޭނާ ބޭނުންވީ ވެކްސިން ސެންޓަރަށް ކައިވެނީގެ ހެދުމުގައި ގޮސް ވެކްސިން ޖަހާށެވެ.