މީސްމީޑިއާގައި "ޝިފާޒޫ މަޑި ފެނޭތަ" މިހެން ކިޔާ ވީޑިއޯ އެއް ދައުރުވާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. މުޅި މީސްމީޑިއާ އެކީގައި ފުރެންދެން އޮތީ މި އާއި ގުޅޭ މީމްތަކާއި މަޖާ ވީޑިއޯތަކެވެ. މާކެޓިން ސްޓަންޓުތަކުގައި ވެސް މިހާރު މި ވީޑިއޯގެ ރަހަތަކާއި އެކު އިޝްތިހާރުތައް ކުޅެފައި އެބަ ހުއްޓެވެ. އަދި މި ވީޑިއޯ ސިފަވާގޮތަށް ބައެއް އާޓިސްޓުންގެ ކުރެހުންތައް ވެސް ފެންނަން އެބަހުއްޓެވެ.
ހަމައެހެންމެ ތަފާތު އެކި މީހުންގެ ސްޓޭޓަސްތަކުން ވެސް ފެންނަނީ މި ވާހަކައެވެ. އެ ވީޑިއޯ އިން އިވޭ އަޑަކީ ދެވަނަ ތައާރަފަކަށް ބޭނުން ނުވާނެ އަލީ ހުޝާމް (އަލީ ސުޕާރީ)ގެ އަޑުކަން އެއީ މިހާރު ގިނަ ބަަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. މިއީ ސަންގު ޓީވީން ގެނެސްދޭ "އަހަމާ ބަހަމާ" ޓީވީ ޝޯގެ ޝޫޓިންއެއް ނެގުމުގެ ކުރިން އެ ޝޯގެ އެއް ހޯސްޓް ކަމަށްވާ މަޝްހޫރު ކޮމޭޑިއަން ހުޝާމް ފޭސްބުކްގައި ވަގުތުން ގެނެސްދިން ވީޑިއޯއެއްގައި ދެއްކި ވާހަކައެވެ.
މިއީ އަހަމާ ބަހަމާގެ ޝޫޓިންއެއް ކުރިއަށް ގެންދިއުމުގެ ހިނދުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯއެކެވެ. އެއީ ބަނދަރު ސަރަހައްދުން ވަގުތުން ގެނެސްދިން ވީޑިއޯއެކެވެ. މި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
"ބަޔަކޫ. ސޮރަކޫ. މީހަކޫ ހުސްމަޑި. ޝިފާޒް ޔޫއަށް ފެނޭތަ މަޑި؟" ސަކަރާތް ޖަހަމުން މިހެން އަލީ ސުޕާރީ ބުނާ އަޑު އިވެއެވެ. ވީޑިއޯގައި އޭނަ ގޮވަމުންދަނީ އަހަމާ ބަހަމާގެ ހުށަހެޅުންތެރިއެއް ކަަމަށްވާ ޝިފާޒު އަށެވެ.
މި ވީޑިއޯ އާއި މެދު އަލީ ސުޕާރީ އޭނާގެ ފޭސްބުކް އެކައުންޓުގައި ބުނެފައި ވަނީ އެއީ އަދި "ކޯރެއްގެ ކޯވަރެއް" ކަމަށެވެ. މިހެން އޭނާ ބުނެފައި ވަނީ މިއީ އަދި ކުޑަ މިންވަރެއް ކަން ހާމަކޮށްދިނުމަށެވެ. "ކޯރެއްގެ ކޯވަރެއް" ބޭނުންކޮށްގެން މިއީ ކުޑަ މިންވަރެއް ކަމަށް ބުނަން ފެށީ ސިމްބޮލިކް ރިކޯޑްގެ މަޝްހޫރު ލަވަ "ކޯވަރެއް" އަށް ފަހުގައެވެ.
އަލީ ސުޕާރީ އެހެން ބުނުމުން ބެލެވެނީ މިކަހަލަ މަޖާ އެތައް ކޮންޓެންޓެއް އަދި ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. ނޫނީ މިއީ ބެލުންތެރިންނާއި ހަމަ އަށް ފެންނަން އޮތް ޚާއްސަ ކަމެއްގެ ވާހަކަ އަށް ކުރި އިޝާރާތަކަށް ވެސް ވެދާނެއެވެ. ބޮޑަށް ބެލެވެނީ މިއީ އަހަމާ ބަހަމާގެ ޕްރޮގްރާމްގެ ތެރެއިން ފެނިގެންދާނެ ކަމެއްގެ ގޮތުގައެވެ.
ރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދޭ އަހަމާ ބަހަމާގެ މިފަހަރުގެ ޕްރޮގްރާމްވެސް ވަރަށް ފޯރިގަދައެވެ. އެ ޝޯއިން އަލީ ސުޕާރީގެ އިތުރުން ޝިފާޒް އާއި ސައިފްގެ ސަކަރާތާއި، މަޖާ ހުށަހެޅުން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.
ބަޔެއް ފަހަރު ދިވެހިން ހަމަ ސޯސަލް މީޑިޔާގަ އުޅޭނެ ބުލީކުރުމާ ވަރަށް ދެކޮޅުވެގެން.
މީނަގެ މި ވީޑިޔޯ އާ އެހެން ވީޑިޔޯ ތަކުންވެސް ފެންނަނީ ހަމަ ބުލީކުރާތަން. ހާއްސަކޮށް ބަނގުލަދޭސް މީހުންނަށް. އެމީހުން ދިވެހިބަހުން ވާހަކަ ދެއްކުމުގަ ހުންނަ އުދަގޫކަން އެއީ މަޖަލަކަށް ހަދައިގެން އެކުރެވެނީވެސް ބުލީއެއް.
އަމިއްލައަށް މަޖާވެގަނެގެން އުޅޭ މީހެއް. ދެން މިގައުމުގަ މިހާރު ގިނައީ އެބޯޅޭމިބޯޅޭ އެއްވެސް ގޮތެއްފޮތެއް ނެތް މީހުން ވިއްޔަ ދެން އެމީހުންނަށް މިކަހަލަ މީހުން ކަމުދާނެއްނު
ބުލީ ކުރުން އެކަނިތަ؟މީހުންގެ އަނބިންނަށްދަންވަރު ފޮނުވާ މެސެޖް ތައްވެސް އެހާގިނަ.
ރަނޑުނުވިޔަސް ކޮމެޑީ ކުރެވޭނެ. ރަނޑުމީހުންނަށް ކުރެވޭ ބުލީއެއް ތީ؟ މަޖަލެއް ނޫން.
އަހަރެމެންގެ މުޖުތަމަޢުގެ ޙާލަތު ބުނެދޭ ލިއުމެއް.ދިވެއްސެއްވިއްޔާ އިނގޭނެ މިއީ ބުލީކުރުމުގެ ޢަމަލެއްކަން، ހިތާމަ އަކީ ނޫސްތަކުގަ މި ހަރަކާތް މި ހިނގަނީ. ހިތާމަ ހުރި ވަރަށްދެރަ ކަމެއްމީ...ރަނގަޅު ކަންކަމައް ސަމާލުކަން ނުދީ މިފަދަ ކަންކަމައް މީޑިޔާ ބުރަވުން މީ ނުރައްކާތެރި ކަމެއް..
ކޮމޭދިއަނުންނަކީ ދުނިޔޭގައި ވަރަށް މަގުބޫލު ބައެއް ނަމަވެސް ރާއްޖޭގައި މި ހުނަރު ހުރި ވަރަށް މަދު މީހަކު އުޅެނީ ، އަލީ ސުޕާރީ ކާއްޓޭ ، ތަޖުއްޓޭ މީ ވަރަށް ވަރުގަދަ ކޮމޭޑިއަނުން މި މީހުންގެ ހުނަރު އިތުރަށް ހާމަކޮށް ލާނެ އިތުރު ޕްލެޓް ފޯމްތަކެއް އެބަޖެހޭ ހުންނަން ، ކޮންމެ ކަމެއްވެސް ނެގެޓިވުކޮށް ދެކެންޏާ ހުރިހާ އަމަލަކީވެސް ބުލީ ...
ރަނޑު އަޑަކުން ބޮޑު ފިރިހެނަކު މާ މަޖަކަމަކަށް ހަދައިގެން. މީހުންނަށް ބުލީ ކުރެވޭއިރުވެސް ނޭންގެ. އެއްވެސް މަޖަލެއްނޫން ތި ސުޕާރިގެ އެއްޗިއްސެއް.