ބައިސްކޯފްގެ ރީލް ޓު ރިއަލް ވިތް ނިއުމާ ޝޯގައި މި ހަފްތާގެ އެޕިސޯޑްގައި ފެނިގެން ގޮސްފައި ވަނީ ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އެވެ.

މުހައްމާ އެ ޝޯގެ ތެރެއިން ހަޔާތުގެ ގިނަ ވާހަކަތައް ދެއްކިއިރު، އޭގެ ތެރެއިން ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސް ދުވަސްތަކެއް ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަ ވެސް ހިމެނެއެވެ.

މުހައްމާ ވިދާޅުވީ، އޭނާގެ ހަޔާތުގެ އެންމެ ހިތި ތަޖުރިބާއަކީ ޖަލަށް ދާން ޖެހުނު ކަމަށެވެ. އެއީ 2000 ވަނަ އަހަރުއެވެ. އެއިރު އޭނާ އައީ ރާއްޖޭގައި މަޝްހޫރުކަން ހޯދަމުންނެވެ.

"އެއިރު ޖަލަށް ދާން ޖެހުނު ސަބަބު ބައެއް ރައްޔިތުންނަށް ނުވަތަ އާއްމު ރައްޔިތުން އެކި ގޮތްގޮތަށް މާނަ ކުރާނީ، ފައިސާ ޖެހީއޭ، ފައިސާ ޖަހައިގެން މުހަންމާ ދިޔައީ ޖަލަށް."

އެ މައްސަލާގައި މުހަންމާ ހަތަރު އަހަރުގެ ޖަލު ހުކުމެއް އައިއިރު، އޭނާ އެކަން ހިނގިގޮތް ކޮންމެވެސް ވަރަކަށް ހިއްސާ ކުރިއެވެ.

"އެނގިހުރެ ނޭނގުމޭ ކިޔާ ގާނޫނެއް" މި އަންނަނީ ސިޔާސީވުމުގެ ވިސްނުމެއް ކަންނޭނގެ. އެނގިހުރެ ނޭނގުން، މިއަދު ގާނޫނަކު ނޯންނާނެ، މިއަދު އެ ގާނޫނު ބާތިލް، މިއަދު މިހިރަ ގޭގައި ގޯސްކަމެއް ކުރީމަ މަށަށް އެނގުނިއްޔޭ ކިޔާފައި ރިޕޯޓް ނުކުރިޔަސް ކުށްވެރިއެއް ނުވޭ. އެ ދުވަހު ވޭ، ނިއުމާ ވަގު ފައިސާ ގެންގުޅޭކަން އެނގިހުރެ ނޭންގީމަ އެ ދުވަހު ކުށްވެރިވީ" މިސާލު ޖައްސަވަމުން މުހައްމާ އެ ދުވަހު ކަންވީގޮތް ހިއްސާ ކުރެއްވިއެވެ.

މުހައްމާ ވިދާޅުވީ، އެ ދުވަހު އޭނާއެކު 38 މީހަކު ޖަލަށް ލި ކަމަށެވެ. އަދި އެ އަހަރުގެ ނޮވެމްބަރު 11 އައިރު އޮތީ ދޫނީދޫ ކުޑަގޮޅިގައި އެކަނިމާ އެކަނި ކަމަށް މުހައްމާ ވިދާޅުވިއެވެ.

"އެއީ އެތަނުގައި އެހެން ލައިފްއެއް އެހެން ވިސްނުމެއް، ހަފްތާއެއްހާ ދުވަސް ވަންދެން ހަމަ ނުތެދުވެ ރުއިން، މައިންބަފައިން ކުރާނެ ހިތާމައާ އާއިލާ މީހުން ކުރާ ހިތާމަ އިހްސާސް ކޮށްފައި، ބައްޕަ އެ ދުވަހު ހަމަ ބަލި ހާލަތަށް ގޮސްފައިވާ މީހަކަށް ވާތީ" މުހައްމާ ހިތާމަވެރި ހަނދާންތައް އާކުރައްވަމުން ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވިގޮތުގައި، ބައްޕަ މި ދުނިޔެ ދޫކޮށް ދިޔައީ އޭނާ ޖާލުގައި އޮއްވާ އެވެ. އޭނާއަށް އެކަން އެއިރު ނޭނގެ އެވެ.

"އެ ދުވަހު މައިންބަފައިންގެ ކަންކަން ހުރިގޮތުން ކަރެކްޝަނަށް ގުޅާލާފައި ތިމަންނަގެ ދަރިފުޅު ގެނެސްދޭށޭ ބުނުމުގެ ގާބިލް ކަމެއްނެތް، ކަންކުރަންވީގޮތްވެސް ނޭނގުނީ ކަމަށް އަހަރެން ގަބޫލު ކުރަނީ" މުހައްމާ ވިދާޅުވިއެވެ.

މުހަންމާއަށް އޭނާގެ ބައްޕަ ނިޔާވިކަން އެނގުނީ މަހެއްހާ ދުވަސް ފަހުންނެވެ.

"އެކަމަކު އިހުސާސްތަކެއް ޖަލުގައި އޮތްއިރު ކުރެވުނު ބައްޕަ ނެތުމުގެ އިހުސްސާ، އެ އިހުސާސް ތެރޭގައި ޑޮކްޓަރަށް ދައްކަން ދަތެއްގެ ރިއްސައިގެން އިއްތިފާގުން، މާލެ ގެނެވެނީ ކޯ ވަރަށް ދުޅަވެގެން، ގެނައި ދުވަހެއްގެ ކަރެކްޝަން ޖިޕުގައި އިންދާ މަންމަ އެއްބަނޑު އެއްބަފާ ކޮއްކޮއަކަށް މި ފެންނަނީ އަހަރެންވެސް ހަނާ އަޅާލިތަން ފެނިގެން، ކަރެކްޝަން ދޮރުމައްޗަށް ދުވެފައި އޭނާވެސް އަންނަނީ އެ ޖިޕާއި އެއްވަރަށް ދެން ބޭބެކަން އެނގޭ އެ އަންނަނީ. އެ ޖިޕުގެ ފަހަތުގައި ހުރެގެން ހަދާ އެއްޗަކުން އެނގިއްޖެ ބައްޕަ ނެތޭ. ބުނެދިނޭ އަތުގެ އިޝާރާތުން ބައްޕަ މަރުވެއްޖެކަން"

މުހައްމާ ވިދާޅުވީ، ކާފަ އާއި މަންމަ އާއި އާއިލާ މީހުންނަށް ޖަލަށް އާދެވުނީވެސް މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

މުހައްމާ އެ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް ޖަލުގައި ހޭދަކުރަން ނުޖެހުނެވެ. ދެ އަހަރު ދުވަހު އޭނާ ޖަލުގައި ހޭދަކުރުމަށްފަހު އެއް އަހަރަށް ދޫކޮށްލީ ގޭބަންދަށެވެ. އަނެއް އަހަރު އަދަބު މާފުކޮށްދެއްވީއެވެ.

މުހައްމާ ވިދާޅުވީ، ޖަލަކީ އޭނާއަށް ލިބުނު ފިލާވަޅެއް ކަމަށާއި، އެއީ އޭނާ އުޅެންވީ ގޮތާއި، ސިޔާސީ ވުމުގައިވެސް ކަންކަން އޮތް ގޮތާއި، ޖަލު ތެރޭގައިވެސް ކަންކަން އޮތްގޮތާއި، ގައުމުގެ ވެރިކަން ދާގޮތް ފަދަ ކަންކަން އިހުސާސް ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

މުހައްމާ އެ ޖަލުގައި އެއިރު އޮތީ އެންމެ ބޮޑެތި ކުށްވެރިއެއްގެ ގޮތިގައި ކަން ފާހަގަކުރިއެވެ. އަދި އޭނާ އުޅުނީވެސް އެންމެ ބޮޑެތި ކުށްވެރިންނާއި އެކުގައި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް އެތައް ފިލްމެއް ހެދޭ ވަރަށް ވާހަކަތައް އެތަނުގައި ލިބުނުށާއި، ދިވެހި ފިލްމް ނިއުމާ އަކީ އެތަނުން ދިމާވި މީހަކާއި ގުޅުން ހުރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެއް ކަމަށް މުހަންމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައިނާ

    އެކަމަކު ދިވެހި ފިލްމު ނިއުމާ އަކީ ނިއުމާގެ ލައިފް ސްޓޯރީ އޯ ހަމަ ކިޔައިގެން ވަރަށް މަޝްހޫރުކުރި..

    14
    2
  2. ހުސޭނުބޭ

    މީނަގެ ވާހަކަތައް މަތި އޮމާންކަމުން މީނަގެ އެއްވެސް ކުށެއް ނެތް؟ ކީކޭ އަޅެ ބުނާނީ!

    21
    2
  3. އެނގިހުރެ ނޭންގީމަ.....

    ވަގުނޫޓް ޕްރިންޓް ކޮށްގެން ބަޔަކު އުޅޭކަން އެނގިހުރެ ނޭންގީ ކީއްވެ ހެއްޔެވެ؟ ތިލިބުނު އަދަބަކީ ކުޑަ މިންވަރެކެވެ! މުހަންމާގެ އަމިއްލަ ދުލުން އިޤްރާރު ވީމައި، ތިއޮތީ ތިއީ ކިހައިވަރެއްގެ މީހެއްކަން އެންމެނަށް ވެސް ހާމަވެ ފަ އެވެ. މިހާރުވެސް ވާހަކަ ހުރިގޮތް ނިކަން ދެކިބަލާށެވެ! ސުބްޙާނަﷲ! ދުވަސްކޮޅެއް ކުރިން ބަޔަކުމީހުން، މެމްބަރުކަމަށް ހޮވީ މި ފަދަ މީހެކެވެ!

    8
    2
  4. ބުރާންތި

    މިހިރަ ކަލޭގެޔާ..ވީގޮތަކީ ކަލެއަށް ކަލޭގެ ސައިޒު އޮޅުނީ..އޮންނާނެ ރަގަޅަށް ސައިޒުވެ ފަ..

    9
    1
  5. ޙެހެ

    ޥަގުތު ކުދިންނައް ސާބަހޭ!!!!

  6. ހހ

    ހާދަ ކިޔަން އުނދަގުކޮނޭ ލިޔެފަ މިއޮތީ...

  7. އަދުރޭ

    މިހާރު މީ ފެޝަނެއްތާ! ވައްކަންކޮއްފަ އެކަމުގެ ފޮނިކެނޑުން..

    10
    1
  8. ތުއްތުކަލޯ

    މިކަލޭގެ ޖަލުގައިއޮވެ މަގޭކައިރީ ބުނީ ތިމަންނާ އެކަން ކުރީ ސްޓޫޑިއޯ އެއް ހުޅުވަންށޯ.

    10
  9. ގާދިރު

    ތި ވާހަކަ ތީ އެންމެނަށް އިންގޭ ބޮޑު ސިއްރެއް އަހަރު މެން ވާހަކަ ދައްކަން ފަށައި ފިއްޔާ ތިމީހާހެ ސޯޓް ބޭލިދާނެ

  10. ފޮގުބުޑު

    މީނަ ވާހަކަ ދެއްކި އިރު މިހީވީ 60 ގެ ތެރޭގައި ހުރި ވިލިނގިލީ ޖަލުގައި އޮތް މީހެއްހެން. ހުސްދޮގު ހަދާފައި ތިހިރީ.