އަނބަކީ ފަސޭހައިން ރާއްޖޭގައިވެސް ހެއްދޭ މޫސުމީ މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. މިއީ ފަނިގިރުމަށާއި ކެއުމަށް ވަރަށް މީރު މޭވާ އެކެވެ. އަނބުގެ ގިނަ ވައްތަރުތައް ހުންނައިރު އެކި ސައިޒުގެ އަނބުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައިވެސް ހުންނަނީ އަނބުގެ ވަކި ވައްތަރުތަކެކެވެ. ބައެއް ވައްތަރުތައް ބޭރު ޤައުމުތަކުގައި ހެއްދޭއިރު ދާދިފަހުން މިވަނީ ޢާދަޔާ ހިލާފަށް ބަރު އަނބެއް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައި އެވެ.

ދުނިޔޭގެ އެންމެ ބަރު އަނބު
ފޮޓޯ: ގޫގުލް

ކޮލަމްބިޔާގެ ދެ ދަނޑުވެރިން ކަމަށްވާ ގާމަން އޯލަންޑޯ ނޮވޯއާ ބަރޭރާ އާއި ރެއިނާ މާރިޔާ މެރޮކުއިން މިވަނީ ދުނިޔޭގެ އެންމެ ބަރު އަނބު ހައްދައި ރިކޯޑު ފޮތުން ޖާގަހޯދާފައި އެވެ. މީގެ ކުރިން ދުނިޔޭގެ އެންމެ ބަރު އަނބުގެ ރިކޯޑު ހޯދާފައިވާ އަނބުގެ ބަރުދަނުގައި 3.435 ކިލޯ ހުރެއެވެ. 2009 ވަނަ އަހަރު ހޯދި މި އަނބު ފެނިފައި ވަނީ ފިލިޕިންސް އިންނެވެ.

ކޮލަމްބިޔާގެ ދެ ދަނޑުވެރިން ހައްދާފައިވާ އަނބުގެ ބަރުދަނުގައި 4.25 ކިލޯ ހުރެއެވެ. މި އަނބު ހެއްދި ދެ ދަނޑުވެރިން ކަމުގައިވާ ޖާމަން އާއި ރެއިނާ އަށް މި އަނބު ތަފާތުކަން ފާހަގަ ކުރެވުނީ އެހެން އަނބުތަކާއި ހިލާފަށް ޢާދަޔާ ހިލާފަށް ބޮޑުވުމުންނެވެ.

ދުނިޔޭގެ އެންމެ ބަރު އަނބު ފޮޓޯ: ގޫގުލް

ޢާދަޔާ ހިލާފަށް ބޮޑު މި އަނބު އެހެން އަނބުތަކާއި ތަފާތުވުމުން ގާމަންގެ އަންހެން ދަރިފުޅު ވަނީ އަނބުގެ ބަރުދަން ބަލައި އެވަރުގެ ބަރު އަނބެއް އެހެން ތަނަކުން ފެނިފައިވޭތޯ ބެލުމަށް އިންޓަނެޓުވެސް ބަލާފަ އެވެ. ނަމަވެސް އެވަރުގެ އިތުރު ބަރު އަނބެއް އަދި ހޯދިފައި ނުވުމުން އެމީހުންގެ ގޭގައި އޮތީ ދުނިޔޭގެ އެންމެ ބަރު އަނބުކަން ޔަގީންވިއެވެ.

ދުނިޔޭގެ އެންމެ ބަރު އަނބު
ފޮޓޯ: ގޫގުލް

އަނބު ހެއްދި ދަނޑުވެރިން މިހާރު މި އަނބު ކާލާފައިވާއިރު އެމީހުން ވަނީ ރިކޯޑު ހެދި އަނބުގެ ވީޑިޔޯ ނަގައި އެކަން ފާހަގަވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު