ވައިޓް ހައުސް އަށް ބުޅަލެއް ގެންނެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ.

އެތައް މަހެއްގެ ވިސްނުމަށްފަހު ރައީސް ބައިޑެން އާއި ފަސްޓް ލޭޑީ ޖިލް ބައިޑެން ވައިޓް ހައުސްގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ލިސްޓަށް ބުޅަލެއް އިތުރުކުރަން ނިންމިކަން އިއުލާން ކުރީ ޓުޑޭއިސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކްރައިގް މެލްވިން އާއި އެކު ޓުޑޭއިސްގެ އިންޓަވިއުގައި ރައީސް އާއި ފަސްޓް ލޭޑީ ވިދާޅުވީ ޖަރުމަނުގެ ދެ ޝެފާޑްސް(ކުއްތާގެ ވައްތަރެއް) އަދި މޭޖާ އަދި ޗެމްޕް ގެ ޓީމާއި ފެލައިން ގުޅޭނެ ކަމަށެވެ.

ރައީސް ބައިޑެން އާއި ފަސްޓް ލޭޓީ ޖިލް ވައިޓް ހައުސް އަށް ބުޅަލެއް ގެންނަވާ އިރު، މިއީ ވައިޓްހައުސްގެ ތާރީހުގައިވެސް އެތަނަށް ބުޅަލެއް ގެންނަ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ބައިޑެންގެ އާއިލާއިން ވައިޓްހައުސްގައި ގެންގުޅޭ ރެސްކިޔު ކުއްތާއެއް ކަމަށްވާ މޭޖާ ދަތްއަޅާ މައްސަލަ މީގެ މަސްތަކެއް ކުރިން މީޑިއާގައިވެސް ފެންމަތިވިއެވެ. ބައިޑެން ވިދާޅުވީ ރެސްކިޔު ކުއްތާ އަކީ ބުޅަލާ އެކީ އުޅެން ތަމްރީނުކޮށްފައިވާ ކުއްތާއެއް ކަމަށެވެ.

މިއަހަރުގެ މާރިޗު މަހުގައި މޭޖާ ދަތް އެޅި މައްސަލައެއްގައި ވައިޓް ހައުސް އިން ނެރެ އެހެން ތަނަކަށް ގެންދިޔައެވެ. ނަމަވެސް ފަހުން އަނބުރާ ވައިޓް ހައުސް އަށް މޭޖާ ގެނެވުނު އިރު ބައިޑެން ގެ އާއިލާ އަށް މޭޖާ އަކީ ވަރަށް މުހިންމު ކުއްތާއެއްކަން ފާހަގަ ކުރެވުނެވެ.

ނެޝަނަލް ޕާކް ސާވިސެސްގެ މުވައްޒަފެއްގެ ގައިގައި މޭޖާ ދަތް އެޅުމުގެ ހާދިސާ ހިނގުމުގެ ކުރިން ރައީސް ބައިޑެން ވަނީ މޭޖާއަށް ތައުރީފުކޮށް ވާހަކަ ދައްކަވައިފައެވެ. ބައިޑެން ވިދާޅުވީ މޭޖާ އަކީ ވައިޓް ހައުސްގެ 85 އިންސައްތަ ސްޓާފުން ލޯބިވާ ކުއްތާއެއް ކަމަށާއި މޭޖާ އަކީ ލޯބި ކުއްތާއެއް ކަމަށެވެ.