އެތައް ރެކޯޑްތަކެއް ހޯދާފައިވާ ދުނިޔެއަށް މަޝްހޫރު ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ދެކުނު ކޮރެޔާގެ ބެންގްޓަން ބޯއީސް (ބީޓީއެސް) އާއި އެކު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ލަވައެއް ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެކުރިން ވެސް ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕުތަކާއި އެމެރިކާގެ ލަވަކިޔުންތެރިން އެކުގައި ޖަަސްޓިން ވަނީ ކާމިޔާބު ލަވަތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ''ބްލެކް ޕިންކް'' އާއި އެކު ސެލީނާ ގޮމޭޒް ކިޔާފައިވާ ''އައިސް ކުރީމް'' ލަވައަކީ އެތައް ބަޔަކަށް ކަމުގޮސްފައިވާ އަދި އެތައް އެވާޑްތަކާއި އެތައް ޗާޓުތަކެއްގައި ރަސްކަން ކޮށްފައިވާ ލަވައެކެވެ.

މި ސިލްސިލާއަށް މިފަހަރު އިތުރުވެގެން މިދަނީ ބީޓީއެސްއާއި ޖަސްޓިން ބީބާގެ ލަވައެކެވެ. މި ލަވައިގެ ނަމާއި ލަވަ ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ޚަބަރު ވެގެންދާނީ ބީޓީއެސްގެ އާރމީއަށް (ބީޓީއެސްގެ ސަޕޯޓަރުންނަށް) އުފާވެރި ޚަބަރަކަށެވެ.

ބީޓީއެސް އިނގިރޭސި ބަހުން ކިޔާފައިވާ ފުރަތަމަ ލަވަ ''ޑައިނަމައިޓް'' ވަނީ އެތައް ޗާޓެއްގެ އެއްވަނައިގައި ހަމަހަށް ވުރެ ގިނަ ދުވަހު ރަސްކަން ކޮށްފައެވެ. ބީޓީއެސްއިން މިހާރު ތައްޔާރުވަމުން ދަނީ އިނގިރޭސި ދެވަނަ ލަވައަށެވެ. ''ބަޓާ'' ގެ ނަމުން ނަންދީފައިވާ މި ލަވައަކީ މިހާރު އާރމީގެ އެންމެން ވެސް އިންތިޒާރު ކުރާ އެއް ލަވައެވެ.

މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ޖަސްޓިން ބީބާގެ އެންމެ ފަހުގެ ލަވަ ''ޖަސްޓިސް'' ވެސް ވަނީ ބިލްބޯޑު 200 ޗާޓުގެ އެންމެ އެއްވަނައިގައި ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Kevin

  ފޫހި މީހުން ތަކެއް... ތިޔަ މީހުންގެ ފޭނުން ތިބެނީ ހައްދުންނައްޓާފަ

  13
  20
  • ޖިންގެ ފޭންއެއް

   ކަލޭ ކިތަންމެ ފޫހިވިޔަސް އެމީހުން ވަރެއް ހަމަ ނެތް💜💜💜💜💜💜💜❤️❤️❤️❤️❤️ބީޓީއެސް ލަވްޔޫ❤️❤️❤️❤️❤️❤️❤️❤️❤️

   18
   11
   • އަލީ

    މިދުނިޔެމަތީގަ މިމީހުންވަރުގެ ބައެއް ނެއްކަމައް ދެކި އެއްމެ ލޯބިވާބަޔަކީ މިމީހުން ކަމުގަ ހަދައިފިއްޔާ އާހިރަތުގެ ނަތީޖާ އެހާ ލަވްޔޫއެއް ނުވާނެ!!!!. ވަރައް ސަލާން.

    4
    9
 2. ނޫނާ

  💜

  12
  5
 3. ހައްޤުބަސް

  ހަދީސްގާ އެބަ އޮތް ލަވަޔާ މިޔުޒިކު ހުއްދަކުރާ ބަޔަކުވެސް އަންނާނޭ މި އުން މަތުގާ. ހަރާ މް އެއްޗެހި ވާނީ ހަރާ މް އެއްޗެއްސަށް ކަލޭ އޭނާ ދެކެ ކިތަން މެ ލޯބިވިޔަސް.
  ލަވަޔާ މިޔުޒިކަކީ އިސްލާ މްދީން ހަރާ މްކުރައްވާފާ އޮތް ކަ މެއް.. އި މާމމ މްވެރި ބޭކަލުންވެސް ނުރުއްސަވާ ކަ މެއް..
  ﷲ ހަރާ މްކުރައްވާފާ އޮތް ކަ މެއްކޮށް އެ އަޑުއެހީ މާ ހިތަށް ހަ މަޖެހު މެއް އަރާ މެއް ނުލިބޭނެ. ހިތަކީވެސް ﷲ ގެ މިލްކެއް. އެހެންވީމ މާ އެކަލާނގެ ފޮތުގާވެސް ވަރަށް ތިލަކޮއް އަންގަވާފާ އެބައޮތް ހިތްތަކަށް އަރާ މާ ހަ މަޖެހުން ލިބޭނީ ﷲ ހަނދު މަކުރު މުން ކަ މަށް. ލަވަޔާ މިޔުޒިކަކަށް ޢައިރު މުސްލި މުންގެ ބެރަކަށް ނުކަތާނެ ނުލިބޭނެ އަރާ މެއް ހިތަކަށް...
  އިތުރަށް ފައިދާއަށްޓަކާ ލުޤް މާން ސޫރަތުގެ 6 ވަނަ އާޔަތުގެ މާނަޔާ ޝަރަހަ ބައްލަވާ...
  ބަޔަކު ދެން ވިސްނަންވެމއްޖެތާ ނުދަނެތިބެ ދީނެއް މިއްލަތެއް ނޭނގި ކޮ މެންޓްތަށް ކުރާއިރު..

  5
  6