ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ކޮވިޑަށް ފައްސިވިއިރު، މިހާރު ހުރީ އާއިލާއާއެކު ބެންގަލޫރްގައި ކަަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ދިޕިކާގެ ބައްޕަ ޕްރަކާޝް އާއި މަންމަ އުޖާލާ އާއި ކޮއްކޮ އަނީޝާވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ދިޕިކާ ކޮވިޑަށް ފައްސިވި ނަމަވެސް އިތުރު މައުލޫމާތުތައް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިދިޔަ މަސް ތެރޭގައި ދިޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގާއެކު މުމްބާއީ އެއާޕޯޓް ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. އެ ދަތުރަކީ އެ މީހުން ބެންގަލޫރަށް ދިޕިކާގެ އާއިލާއާއެކު ވަގުތު ހޭދަކުރުން ފެށި ދަތުރުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދިޕިކާގެ ބައްޕައަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ. އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ދިޕިކާގެ މަސައްކަތްތަކަށް ބަލާއިރު،އޭނާގެ ބައެއް މުހިންމު ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަ ހުއްޓެވެ. އެގޮތުން އޭނާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ކާބިރް ޚާންގެ ސްޕޯޓްސް ޑްރާމާ "83"އިންނެވެ. އޭނާއާއެކު އެ ފިލްމްގައި ފިރިމީހާވެސް ފެނިގެން ދާނެ އެވެ.
އެ އުޅޭ އަހަންމަދުވެސް ޕޮސިޓިވް. 🙄
މިވެސް ދެން ހަބަރެއްތަ އަޅެ🤦
މަވެސް ޕޮޒިޓިވް.
ތައްޔިބު ޕްލީސް އަވަހަށް މިކަމާ އެމީހާއަށް މެސެޖެއް ކޮށްލާ.
ހމ ހުވާ މިބުނީ އަހަރެން ވަރަށް ހިތުގަ ޖެހުން ތި ހަބަރު ފެނިފަ..😭😭😭😟😟 ދީޕޫ އަދި ފެމިލީ އަށް އަވަސް ޝިފާ އަކަށް އެދެން😭😭😭
ލޮލް