ކައިވެނިކުރުމަށް ފަހު ގެއަށް ދާއިރު، މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ ކާރުގައި ދިޔުމަކީ، އިންޑިޔާގެ ސަޤާފަތުގެ ތެރެއިން ޚާއްޞަ ކަމެކެވެ. އެހެންނޫންކަމުގައިވާނަމަ، އެފަދަ ގޮތަކަށް ޝަރަފުގައި، ދެމަފިރިން ގެންދިޔުމަކީވެސް އެޤައުމުގައި ކޮށް އުޅޭ ކަމެކެވެ.
އެހެންނަމަވެސް، އެޤައުމުގެ މި ދެމަފިރިންނަށް ކަންތައް ކުރީ އެގޮތަކަށް ނޫނެވެ. ތަފާތު މާމެލާމެލިންނާއި ވިދާ ބަބުޅާ ފޮތިތަކުން ޖަރީކޮށްފައިވާ ކާރެއްގައި ގެއަށް ދިއުމުގެ ބަދަލުގައި، މި ދެމަފިރިން ގެއަށް ދިޔައީ ލޯޑަރެއްގެ ދަތްގަނޑު މައްޗަށް އަރައިގެންނެވެ. ލޯޑަރަކީ ކޮންސްޓްރަކްޝަން މަސައްކަތާއި މަގުތައް މަރާމާތުކުރުން ފަދަ ކަންކަމުގައި ގެންގުޅޭ އެއްގަމު އުޅަނދެކެވެ.
އެޤައުމުގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކަރްނާޓަކާގައި މިގޮތަށް ކަންތައްކޮށްފައިވަނީ، ކައިވެނީގެ ދުވަސް ޚާއްޞަ ކުރުމަށާއި އެއީ ހަނދާނުން ފޮހެލަން ދަތިކަމެއްކަމުގައި ހެދުމަށެވެ. އެހެންނަމަވެސް، އެގޮތަށް ކަންތައް ކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކައިވެނި ކުރި ފިރިހެން މީހާއަކީ، ފާއިތުވި 10 އަހަރުން ފެށިގެން ލޯޑަރު ދުއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަމަށް ވާތީއެވެ.
މި ގޮތަށް ކަންތައް ކުރުމުން އެތައް ބައެއްގެ ސަމާލުކަން، އެ ދެމަފިރިންނަށް ލިބިގެންދިޔައިރު، މިކަމަށް ޚިޔާލު ދީފައިވަނީ ދެމީހުންގެ އާއިލާ މެންބަރުންކަމަށް މައުލޫމާތު ލިބެއެވެ.
ދާދިފަހުން، ޖަރުމަނުގައިވަނީ މަތީގައި ދަމާފައި އޮތް ވާގަނޑެއްގައި އެލުވާފައި ހުރި އެއްޗެކަށް އަރައި ތިބެގެންވެސް ކައިވެނިކޮށްފައެވެ.
ރާއްޖޭގައި މީތި ކޮޕީކޮށްގެން ދެން ދާނީ ބަރޮލެއްގާ.