ޝްރީދޭވީ އާއި ބޯނޭ ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފޮޓޯ ޝޫޓުގެ ފޮޓޯތަކުގައި ޖާންވީ އާއި ކައިލީ ޖެނާ ވައްތަރު ކަމަށް ބައެއް މީހުން ބުނެފިއެވެ.
ފެޝަނަށް ލޯބިކުރާ ޖާންވީ އާއި އޭނާގެ ކޮއްކޮ ކުޝީ ކަޕޫރަކީ ފެޝަންގެ ދުނިޔޭގައި ޚަބަރުތަކުގެ ފަލަ ސުރުހީގައި ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނެވެ.
ފިލުމު ''ދަޅަކު'' ގެ ބަތަލާ ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފޮޓޯ ޝޫޓުގެ ތެރެއިން ބައެއް ފޮޓޯތައް ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.
ރީތި ހެދުމެއްގައި އަދި ހެދުމާ ގުޅޭ ގަހަނާ ބޭނުން ކޮށްފައިވާ މި ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާ ކުރުމާއެކު އެތައް ބަޔަކަށް މި ފޮޓޯތައް ކަމުދިޔައެވެ.
ފޮޓޯތަކަށް ލިބުނު އެތައް ލައިކްއެއްގެ ތެރޭގައި ބަތަލާ މަހީޕް ކަޕޫރު، ޝަނާޔާ ކަޕޫރު، ޑިޒައިނަރ މަނީޝް މަލޯތުރާ ފަދަ އެތައް ގިނަ ފަންނާނުން ހިމެނެއެވެ.
އޭނާ އަށް ލިބެމުން ދިޔަ ތައުރީފުގެ އެތައް ކޮމެންޓެއްގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކޮމެންޓަކީ ޖާންވީއާއި ކައިލީ ޖެނާ ވައްތަރު ކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެވެ.
ކޮމެންޓުގައި ކައިލީ ޖެނާ އާއި ޖާންވީ ވައްތަރު ކަމަށް މި މީހާ ބުނުމުން ގިނަ ބަޔަކު ވަނީ އެކަމަށް އެއްބަސްވެ ޖާންވީއަށް ތައުރީފު ކޮށްފައެވެ.
ފިލުމީ މަސައްކަތަށް ބަލާއިރު ޖާންވީ އެންމެ ފަހުން ކުޅެފައިވާ ފިލުމަކީ ރާޖުކުމާރު ރާއޯ އާއެކު ފިލުމު ''ރޫހީ'' އެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލުމެކެވެ.
ޖާންވީގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ''ދޯސްތާނާ 2''، ''ތަޚުތު'' ފަދަ ފިލުމުތައް ހިމެނެއެވެ.
ވައްތަރު ކަމުން ނުވެސް އެގުނު، ޓްވިންސް އެއްހެން ހީވަނީ. ލިޔުން ކިޔާލީމަ އެގުނީ ދެމީހެއް ކަންވެސް
😂
އެއް ހެދުމެއް ލައިގެން ސިފަ ވައްތަރުވޭތަ؟
ލޮލް، ނޯ..