މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގ އޭނާއަށް ކުރިމަތިވި ހިތްނުތަވަސްވި، އެކަމަކު ވާހަކަދައްކަން ނުކެރުނު ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

ލައިވް އެތައް ޝޯވއަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި ބާރްތީ ކިޔާދިނީ، އޭނާގެ ހަށިގަނޑު އަތްލާން ނުޖެހޭ ފަދަ ގޮތަކަށް މީހުން އަތްލާ ވާހަކަތަކެވެ. ބާރްތީ މި ވާހަކަތައް ހިއްސާކޮށްފައި ވަނީ ދާދި ފަހުންނެވެ.

މަނޭޝް ޕައުލްގެ ޕޮޑް ކާސްޓްގައި ބައިވެރިވެގެން ދިރިއުޅުމުގައި ދިމާވި އެތައް ވާހަކައެއް އޭނާ ހިއްސާ ކުރިއެވެ. އެއީ އަންހެނަކަށް ވުމުން އެންޓާޓެއިމެންޓް އިންޑަސްޓްރީގައި އޭނާއަށް ކުރިމަތިވި ހިތްދަތި ވާހަކަތަކެވެ. އޭނާ ތަރިއަކަށް ވުމުގެ ކުރިން ދިމާވި ކަންތައްތަކުގެ ވާހަކައެވެ.

އެގޮތުން އޭނާ ދާއިރާގެ ފުރަތަމަ ދުވަސް ވަރު، އޭނާގެ ހަށިގަނޑުގައި ރަނގަޅު ނޫން ގޮތަށް ކޯޑިނޭޓަރުން އަތް ލާ ހަދާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއިރު އޭނާ އެ ވާހަކަދައްކަން ބޭނުން ނުވީ އެއީ ގޯސް ނިޔަތުގައި އެ މީހުން ކުރާ ކަމެއް ކަން ނުވަތަ ނޫންކަން ނޭނގޭތީ ކަމަށެވެ. ނަމަވެސް މިހާރު އޭނާ އެ ވާހަކަދައްކަން ބޭނުންވެ، އެ ވާހަކަދެއްކުމުގެ ހިތްވަރު ހުރިކަމަށް ބުންޏެވެ.

"ކޯޑިނޭޓަރުން (ޝޯވތައް) ބައެއް ފަހަރު އުޅުން ގޯސްވެ، އެ މީހުން އަހަރެންގެ ފުރަގަސްފަރާތުގައި އަތްލާ ހަދާ، އަހަރެންނަށް އެނގޭ އެއީ ގޯސް ކަމެއް ކަން، އެކަމަކު އެއީ އަހަރެންގެ ބޮޑުބޭބެއެއް ކަހަކަ މީހެއްކަމަށް އަހަރެންގެ ވިސްނުމުގައި ހުންނާތީ، އެ މީހުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ނުބެލޭ އެއިރު".

އޭނާ ބުނީ، އެއިރު އެއީ ގޯސްކަމެއް ކަން ނޭނގުނަސް، މިހާރު އެކަމާއި ދެކޮޅަށް ވާހަކަދައްކާނެ ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ އެ ޝޯވ ތެރޭގައި އޭނާގެ ބައްޕަ ނަގާފައި ހުރި ލޯންތަކާއި ގުޅިގެން ބައެއް މީހުން އެެގެއަށް ގޮސް މަންމަ އާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުގެ ވާހަކަތައްވެސް ދައްކާފައެވެ. އަދި ބޮޑުވަމުން އައިއިރު، ގޭގައި ބައެއް ދުވަހު ކާ އެއްޗެހިވެސް ނުހުންނަ ވާހަަކަވެސް ދެއްކިއެވެ. އަދި މިހާރު އޭނާއަށް އާއިލާ ބެލޭ ކަމަށްވެސް އޭނާ ބުންޏެވެ.