އިންޑިއާގެ އެއްވަނަ އަންހެން ކޮމީޑީއަން ބާރްތީ ސިންގ ދެން ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށާއި ބަނޑުގައި ވަނީ އަންހެން ކުއްޖެއްކަން ކަށަވަރު ކުރާ އިންޖެކްޝަން އެއް ހުރިނަމަ ބުނުމަށް އެދިއްޖެއެވެ.

ބޮލީވުޑްގެ ބަލަތާ ކަރީނާ ކަޕޫރުގެ ޝޯ "ވަޓް ވުމެން ވޯންޓް" ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާގެ ފިރިހެން ދަރިއެއް މިހާރު އެބަހުރި ކަމަށެވެ. އަދި ދެން ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށްވެސް ބުންޏެވެ.

ދެވަނަ ދަރިޔަކު ހޯދުމަށް މިހާރު ތައްޔާރު ކަމަށް ބާރުތީ ވަނީ ބުނެފައެވެ.

އޭނާއަށް ފުރަތަމަ ދަރިފުޅު ލަކްޝް ލިމްބަޗިޔާ ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ތިނެއްގައި އެވެ.

ބާރްތީ އެ ޝޯގައި ބުނީ މިހާރު ލިބިފައި ހުރީ ފިރިހެން ކުއްޖެއް ކަމުން ދެން އަންހެން ކުއްޖެއް ނޫން ޖިންސެއްގެ ކުއްޖެއް ބޭނުން ނުވާ ކަމަށެވެ. އޭނާ ވަނީ ބަނޑުގައި އަށަގަންނާނީ އަންހެން ކުއްޖެއް ކަން ކަށަވަރުވާނެ ފަދަ އިންޖެކްޝަނެއް ހުރި ނަމަ ބުނެ ދިނުމަށް ކަރީނާގެ ގާތުގައި އެދިފައެވެ.

ޖަވާބުގައި ކަރީނާ ބުނީ އޭނާގެ ހުންނަނީ ދެ ފިރިހެން ކުދިން ކަމަށާއި އެފަދަ އިންޖެކްޝަނެއްގެ މައުލޫމާތު ނޭނގޭ ކަމަށެވެ.

ބާރްތީ އިތުރަށް ބުނީ ވަރަށް ގޮތްދޫ ނުކުރާ ދަރިއަކު އޭނާ ބޭނުންވާ ކަމަށެވެ. އަދި ބޭނުން ވަނީ ދަރިފުޅު ލަކްޝް ޝޮޕިން މޯލްއަކަށް ގޮސް އެންމެން ކުރިމަތީ ރޮއެ، ރުޅި ދައްކައި އޭނާ ލަދު ގަންނަވާލާ ގޮތަށް އުޅޭތަން ބަލަން ކަމަށެވެ.

ބާރްތީ އާއި ފިރިމީހާ ހަރްޝް ލިމްބަޗިޔާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ކޮމޭޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީއަށް ފިރިހެން ކުއްޖެއް ލިބުނުކަން އިއުލަން ކުރީ އޭޕްރިލް މަހުގެ 5 ވަނަދުވަހުއެވެ. އެމީހުން ދަރިފުޅަށް ލޯބިން ކިޔަމުން ދިޔައީ ގޯލާއެވެ.

ބާރްތީ އަކީ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ވެސް ފެނިގެންދާ ފަންނާނެކެވެ.