ބަރަހަނާ ފިލުމު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ވިޔަފާރިވެރިޔާ ރާޖު ކުންދުރާގެ މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީގެ ބަޔާން ވަނީ ނަގައިފައެވެ.
މުމްބާއީ ފުލުހުންނަށް ބަޔާން ދެމުން ޝިލްޕާ ބުނެފައިވަނީ އެފަދަ ފިލުމު ހަދާކަމެއް ނޭނގޭ ކަމަށާއި އޭނާގެ ފިރިމީހާ ކުރާ މަސައްކަތުގެ ތެރެއަށް އޭނާ ނުވަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝިލްޕާގެ ގެއާއި އޭނާގެ ފޯނު ވެސް ބަލައި ފާސްކޮށްފައެވެ.
މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވެޓަރެން އެކްޓަރ މުކޭޝް ކަންނާ ބުނެފައިވަނީ އެ ހުރިހާ ކަމެއް ޝިލްޕާއަށް އެނގޭނެ ކަމަށާއި ޝިލްޕާ ތެދު ހެކިބަސް ދީފިނަމަ އިންޑިޔާއިން ބަރަހަނާ ފިލުމު ދައްކާ އެޕްލިކޭޝަންތައް ނިމުމަކަށް އަންނާނެ ކަމަށެވެ.
މުކޭޝް ބުނެފައިވާ ގޮތުގައި ކުރީގައި ނަމަ އަނބިމީހާ އާއި ފިރިމީހާގެ ދެމެދުގައި ކުރެވޭ މަސައްކަތާއި ބެހޭގޮތުން ވާހަކަ ނުދެއްކި ނަމަވެސް މިހާރު މިޒަމާނުގައި އެ ހުރިހާ ކަމަކީ ވެސް ދެމަފިރިން ވާހަކަ ދައްކާނެ ކަންކަން ކަމަށެވެ.
އެހެންކަމުން ޝިލްޕާއަށް އެކަން އެނގޭނެކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުނަށް ތެދަށް މައުލޫމާތު ދިނުން ވަރަށް މުހިންމު ކަމަށާއި އެއީ އެކަން ނިމުމަކަށް ގެނައުމަށް އޮތް ހަމައެކަނި ގޮތް ކަމަށް ވެސް މުކޭޝް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޝިލްޕާ ވަނީ ރާޖު ކުންދުރާގެ ވިޔަފާރި ވިއާން އިންޑަސްޓްރީގެ ޑައިރެކްޓަރެއްގެ މަގާމުން އިސްތިއުފާ ވެސް ދީފައެވެ.
ޥަގު ބިޓުން ގެންޅޭކަން ވެސް އުޅެނީ އަނ ބި މީހާ އަށް ނާންގާ ތިޔަކަން ވެސް ހަމަ ނާންގާ ވެސް އޮވެދާނެ