އިންޑިޔާގެ ގޯވާގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށް 29 އަހަރުގެ އަންހެނެއް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މި 17 އަހަރުގެ ކުއްޖާއަކީ ގެއިން ފިލައިގެން އުޅޭ ކުއްޖެއް ކަމަށާއި އަދި މިކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ 29 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި ގެއިން ނިކުތްތާ ހަފްތާއެއް ފަހުން އަލުން އެބުރި ގެޔަށް ދިޔަ ކަމަށާއި އަދި ވަރަށް ތަފާތުކޮށް އަމަލުތައް ހުންނަން ފެށުމުން ސައިކޮލިޖިސްޓަކަށް ދެއްކި ކަމަށް އާއިލާއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުނ ބުނެފައިވެއެވެ.
ޢާއިލާއިން ބުނެފައިވަނީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް މިކުއްޖާ ބުނެފައިވާ ކަމަށާއި މިމައްސަލަ މިހާރު ފުލުހުން ބަލަމުން ދާ ކަމަށެވެ. މިމައްސަލައިގައި ފުލުހުންވަނީ މި އަންހެން މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
އިންޑިޔާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިން ރޭޕް ކުރުން ގިނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.
100ގެ ތެރެގާ 99 ބޭ އިމާން،ޕިރ ބި މެރާ ބާރަތު މަހާން.
އެމައްސަލައަކީ ބަރުދަނެއްނެތް އާދައިގެކަމަކަށްވާތީހެންހީވަނީ ފެންމަތިވީ!
އެބުނާހެން ފުޅިމަދު ޒާތުގެ ފެންމަތީގައި އޮޔާދާ ކަހަލަ ލުއި މައްސަލައެއްތާ.