ބްރެޒިލް އަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު 26 އަހަރުގެ ފިރިހެނަކާއެކު ކާރެއްގެ ތެރޭގައި ޒިނޭ ކުރަން ތިއްބައި އޭތެރެެއިން އެކަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ގެބްރިއާލް ޑިކްސަން ނަމަކަށް ކިޔާ އެ ކުއްޖާ މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ގެބްރިއާލް އާއެކު ގުޅުން ހިންގި ފިރިހެން މީހާ ބުނެފައި ވަނީ، އޭނާއާއި ގެބްރިއާލް އާ ދެ މީހުން ޖިންސީ ގުޅުން ހިންގަން ތިއްބާ އޭނާ ކުއްލިއަކަށް ހޭނެތުނީ ކަމަށެވެ.

ބްރެޒިލްގައި އުމުރުން 14 އަހަރުން މަތީގެ މީހުންނާއި މިފަދަ ގުޅުން ހިންގުމަކީ ޤާނޫނުން ކުއްވެރިވާ ކުށެއް ނޫނެވެ. އެހެންކަމުން މި ހާދިސާއާއި ގުޅިގެން އެ ފިރިހެން މީހާއާ ދެކޮޅަށް އެއްވެސް މައްސަލައެއް ފައިލްކޮށްފައެއް ނުވެއެވެ.

އެ ފިރިހެން މީހާ ބުނީ، ގުޅުން ހިންގަން ތިއްބާ ގަގެބްރިއާލްގެ ތުންފަތާއި ހަންގަނޑުގެ ކުލަ ބަދަލުވި މަންޒަރު ފެނުނު ކަމަށެވެ. މިއާއެކު ވަގުތުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކަމަށާއި، ޑޮކްޓަރުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވެ ގެބްރިއާލް މަރުވީ ކަމަށެވެ.

ގެބްރިއާލް ހިތްހުއްޓެން މެދުވެރިވީ ސީދާ ކޮން ސަބަބަކާއި ހެދިކަން އަދި ކަށަވަރެއް ނޫނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާއަށް އަނިޔާކޮށްފައި ހުރިކަމުގެ ނިޝާންތައްވެސް ހުރިކަމަށް މަސްދަރުތަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވި ގެބްރިއާލްގެ އާއިލާއިން ބުނެފައިވަނީ އޭނާއާއެކު އެންމެ ފަހުވަގުތު ހުރި ފިރިހެން މީހާއަކީ އާއިލާއަށް އެނގޭ މީހެއް ނޫން ކަމަށެވެ.

ޒިނޭ އަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ، އަދި އެންމެ ބޮޑެތި ހައްދުތައް ކަނޑައެޅިފައިވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އެންމެންވެސް މިފަދަ ކަންތައްތަކުން ދުރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަރާމް

    ނަހީއެއްނޫން ޙަރާމް

    55
    4
  2. އަލީ

    ކައިޒީން އާއި ހާދަ ވައްތަރޭ މީނަ

    8
    3