މަޝްހޫރު ޑޭޓިންގް އެޕްލިކޭޝަން 'ޓިންޑާ' އިން ދިމާވި ދެމީހުން ދިމާވުމުން އަންހެން ކުއްޖާއަށް ލިބުނީ ސިހުމެކެވެ.

ނަން ހާމަނުކުރުމަށް އެދި ރެޑިޓް އަށް މައުލޫމާތު ދެމުން އަންހެން ކުއްޖާ ބުނެފައިވަނީ ދެމީހުން ޓިންޑާއިން މެެސެޖުކޮށްގެން ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން ބައްދަލުވާން ނިންމި ކަމަށެވެ. ދެމީހުން ބައްދަލުވުމަށް މޮޅު ރޭވުމެއް ރާވައި، ފިރިހެން މީހާއަށް ދައުވަތުދިނީ އަންހެން މީހާގެ ގެއަށް ބާބަކިއުއެއް ޖެހުމަށް އަންނާށެވެ. އަންހެން ކުއްޖާ މައުލޫމާތު ދެމުން ބުނީ އޭނާއަށް ދައުވަތު ދިނުމުން ވެސް ގެއަށް އައީ ވަރަށް ލަހުން ކަމަށެވެ.

އަންހެން މީހާގެ ގެޔަށް ދިއުމަށް މިސްރާބު ޖަހައި ނުކުތް ނަމަވެސް، ކޮންމެ ފަހަރަކުވެސް އަނބުރައި ގެއަށް ދާން ޖެހޭ ކަމަށް ލަހުން ދެވުނު ސަބަބު އަންހެން މީހާއަށް ކިޔައިދެމުން ފިރިހެން މީހާ ބުނެފައިވެއެވެ. ގެއަށް އައި އިރު ފިރިހެން ކުއްޖާއަށް ވާ ވަރަށް ކާއެއްޗެހި ހިފައިގެން އައި ކަމަށާއި، އައިގޮތަށް ހިއްސާކުރަން ފެށީ އާއިލާގެ ތެރޭގައި ޖަގަޑާ އުފެދިފައިވާ ވާހަކަ ކަމަށް އަންހެން މީހާ ރެޑިޓްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ދެމީހުން ދިމާވާން އައިރު ފިރިހެން މީހާ އައީ އޭނާގެ މަންމަގެ ހަށިގަނޑު އަންދާފައިވާ އަޅި ހިފައިގެންނެވެ.

"ދެމީހުން އިށީންދެ ހަމަޖެހިލުމުން އޭނާގެ ޖީބުން ނެގީ ފޮތިކޮޅެއް. ދެ އިންޗި ވަރަށް ދިގު އެ ފޮތިކޮޅު. އޭގެ ތެރޭގައި ގަހުގެ ތޮށިން ބަންދުކޮށްފައިވާ އެއްޗެއް އޮތް. އެ ހުޅުވާލި އިރު އޭގައި ހުރީ ކަޅު ކުލައިގެ ޕައުޑަރެއް. އަހަރެން އެއަށް ބަލަހައްޓައިގެން އިނީމަ އޭނާ މަންމަ އަށް އަހަރެން ތައާރަފް ކޮށްދޭން ބޭނުންވެއޭ" ފިރިހެން ކުއްޖާއާއި ދިމާވި ދުވަހުގެ ވާހަކަ ކިޔައިދެމުން އަންހެން މީހާ ބުނެފައިވެއެވެ.

"އަހަންނަކަށް ނޭންގުން ރޯންވީ ކަމެއް ނުވަތަ ހޭންވީ ކަމެއް. އަހަންނަށް ބަލަހައްޓައިގެން އިނދެވުނީ" އެވަގުތު އަންހެން މީހާގެ އިހުސާސްތައް ކިޔައިދެމުން ބުނެއެވެ.

"އަހަރެން ބޭނުންވޭ އަހަރެންގެ ހަޔާތުގައިވާ މުހިންމު ކަންކަމުގައި މަންމަ ބައިވެރިކުރަން. އަހަރެން ކަރުގައި އަޅާފައިވާ ފަށާއި، އަތުގައި އަޅާފައިވާ އަނގޮޓީގައި މަންމަގެ ހަށިގަނޑު އަންދާފައިވާ އަޅި ހިމަނާފައިވާނެ. އަހަރެންގެ ހަޔާތުގައި ދިމާވި މުހިންމު އެތައް ބަޔަކު އަހަންނާއި ވަކިވެގެން ގޮއްސި" ފިރިހެން މީހާ ބުނިކަމަށް ވެެއެވެ.

މިއީ ކޮން ގައުމެއްގައި ހިނގާފައިވާ ހާދިސާއެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު