އިންޑިއާގެ ބިހާރްގައި ހަރުފައެއް ދަތް އެޅި މައްސަލާގައި، އެ ހަރުފަ ގައިގައި ދަތް އަޅައިގެން ވިހަވެގެން މީހަކު މަރުވެއްޖެއެވެ. މި ހާދިސާގައި އެ ހަރުފަވެސް ވަނީ މަރުވެފައެވެ.

އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި އެ ފިރިހެން މީހާ މަރުވެފައި ވަނީ، ހަރުފަ ގައިގައި ދަތް އެޅުމަށްފަހު، ފަރުވާ ހޯދަން ދެކޮޅު ހެދުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 65 އަހަރުގެ ރާމާ މަހްތޯ ނަމަކަށް ކިޔާ އެ މިހާގެ ފައިގައި ހަރުފަ ދަތް އަޅާފައި ވަނީ އޭނާ ގޭގެ ބޭރުގައި މަޑުކޮށްގެން ހުއްޓާއެވެ. އެކަމާއި ގުޅިގަދަވެގެން އޭނާ ވަނީ އެ ހަރުފަ އަތުލައިގަނެ، އޭތީގެ ގައިގައި ދަތް އަޅަން ފަށާފައެވެ.

"ކީއްވެތަ އަހަރެން ގައިގައި ދަތް އަޅަންވީ، އަހަރެން ދެން ދަތް އަޅާނީ." އޭނާ ބުންޏެވެ. އޭނާ ދެން ފެެށީ ހަރުފައިގެ ގައިގައި ދަތް އަޅާށެވެ. އޭނާ ވަނީ ހަރުފައިގައި ދަތް އަޅައި ހަރުފަ މަރާލާފައެވެ.

އޭނާ އެ ހަރުފަ ގައިގައި ދަތް އަޅަމުން ދިޔަ ގަޑީގައި ހަރުފަ އޭނާގެ މޫނުގައި ވަނީ ދަތް އަޅާފައެވެ. އަދި އެކަމުން އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެެވެ. އޭނާގެ އާއިލާއިން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދާންވެސް އުޅުނެވެ. ނަމަވެސް އޭނާ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

އެހެން ހުއްޓާ ފަރުވާ ނުލިބި އޭނާ މަރުވީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ މަރާލި ހަރުފައަކީ ވިހަގަދަ ހަރުފައިގެ ވައްތަރެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު