އިނގިރޭސިވިލާތުގެ އިމްތިހާނެއްގެ ތެރޭގައި އާދަޔާޙިލާފް ގޮތަކަށް މަކަރު ހަދަނިކޮށް ކިޔަވާ ކުއްޖަކު ވަނީ ފަޅާއަރައިފައެވެ. ޤާނޫނީ ވަކީލު ކަމަށް ކުރިމަތިލާފައިވާ މީހުން ހޮވަން ބޭއްވި އިމްތިހާނެއްގެ ތެރޭގައި ކިޔަވާ ކުއްޖަކު ހަމަލޮލަށް ނުފެންނަ ދެލި ބޭނުންކޮށްގެން އިމްތިހާނަށް ވެއްދުމަށް ހުއްދަދެވިފައި އޮތް ޓެކްސްޓްފޮތެއްގައި ސިއްރުން ލިޔެފައި އޮތް ފިލާވަޅުތަކެއް ކިޔަނިކޮށް އެ ކުއްޖާ ވަނީ ފަޅާއަރައިފައެވެ.

ހަމަލޮލަށް ނުފެންނަ ދެލި ބޭނުންކޮށްގެން ލިޔެފައި ހުރި ސިއްރު ފިލާވަޅުތަކުގެ މުޅިއަކު 24 ގަނޑު އޮތް އިރު އެ ކުއްޖާ އެ ގަނޑުތައް ކިޔަމުން ދިޔައީ އެ ކުއްޖާ އިމްތިހާނު ލިޔުމަށް ބޭނުންކުރަމުންދިޔަ ގަލަމެއްގައި އިން 'ބްލެކް ލައިޓް'އެއް ބޭނުންކޮށްގެންނެވެ.

އެގޮތަށް މަކަރު ހަދަމުންދިޔަކަން އިމްތިހާނަށް ހާޒިރުވެތިބި އިންވިޖިލޭޓަރުންގެ އިތުރުން ދެން އިމްތިހާނު ހަދަމުންދިޔަ އެހެން ބައެއް ދަރިވަރުންނަށްވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި ހަރިރާންވާކަމަކީ އެ ކުއްޖާ މަކަރުހަދަމުންދިޔަކަން ފަޅާއެރުމުގެ ސަބަބުން އިމްތިހާނުން ފެއިލްވެފައިވާތީ އެ މައްސަލަ އިނގިރޭސިވިލާތުގެ އޮފިސް އޮފް އިންޑިޕެންޑެންޓް އެޖުޑިކޭޓާރއަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ އޮފީސް އޮފް އިންޑިޕެންޑެންޓް އެޖުޑިކޭޓާރއިން ކުއްޖާއާއި ދެކޮޅަށް ނިންމި އިރު އެ އޮފީހަކީ ކިޔަވާކުދިންނަށް ޔުނިވާރސިޓީތަކުން ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ އަދި އިންސާފުވެރި ނޫން ގޮތަކަށް އަމަލުކުރަމުންދާ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހަޅަން އޮންނަ އޮފީހެކެވެ. އެ މައްސަލަ އެ ކުއްޖާއާއި ދެކޮޅަށް އޮފިސް އޮފް އިންޑިޕެންޑެންޓް އެޖުޑިކޭޓާރއިން ނިންމި އިރު އެ ހުރިހާ ކަމެއްވެސް އާންމުވެފައިވަނީ އެ އޮފީހުން އާންމުކުރި އަހަރީ ރިޕޯޓްތަކެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު