އޮސްޓްރޭލިއާގެ ސުޕާމާކެޓެއްގައި ހެލައިނާ އަލަޓީ ދިޔައީ ކާއެއްޗެހީގެ ރަހަތައް ހެޔޮވަރު ކުރަން ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކުއްލިއަކަށް އޭނާގެ ލޯކުރިމައްޗަށް ޖެހުނީ 10 ފޫޓު ހުރި މާސިންގާ ބޮޑު ހަރުފައެކެވެ.

ސިޑްނީގައި ހުންނަ އެ ފިހާރައިގެ ހަރުގަނޑެއްގައި ބަހައްޓާފައި ހުރި ފުޅިތަކާއި ދިމާލުން އޭނާއަށް އެ ހަރުފަ ފެނުނިއިރު، ދިޔައީ ސިއްސައިގެންނެވެ.

އެއީ ވިހަގަދަ ނޫން ވައްތަރުގެ ޕައިތަންއެކެވެ.

"އަހަރެން ދިޔައީ އެރޭ އަހަރެން ތައްޔާރުކުރަން ނިންމި ކުކުޅަށް ބޭނުންވާ ރަހަތައް ހެޔޮވަރުކުރަން ބޭނުންވާ ސާމާނު ހޯދުމަށް. ފުރަތަމަ އަހަރެންނަކަށް އެ ނުއެއް ފެނޭ. އެއީ އޭތި އޮތީ އެތަނުގައި ބަހައްޓާފައި ހުރި ފުޅިތަކުގެ ފަހަތުގައި ކަމަށްވާތީ. އެކަމަކު ކުއްލިއަކަށް އޭތީގެ ބޯގަނޑު ނެރުމުން ފެނުނީ. ހަމަ ސީދާ ކުރިމަތީގައި އޭތި އޮތީ"،މިދިޔަ އަންގާރަ ދުވަހު އަލަޓީ ބުންޏެވެ.

އޭނާއަކީ ހަރުފަ ހިފުމުގައި ތަމްރީން ހަދާފައިވާ މީހެކެވެ.

އޭނާ ބުނީ އެ ހަރުފަ އެތަނުން ނުކުންނަން އުޅުނީ އަމިއްލަަށް ކަމަށެވެ.

"ނަސީބެއް އަހަރެންނަށް ހަރުފައިގެ ކަންކަން އެނގޭކަން، އަހަރެން ހުރީ ވަރަށް މައިތިރިކޮށް، އެކަމަކު އަހަރެންނަށްވެސް ކުއްލިއަަކަށް އޭތި ފެނުނީމަ ޖެހުނީ ޝޮކެއް. އެއީ އެފަދަ ކަމެއް ވެދާނެ ކަަމަށް ހީނުވާތީ".

އެ ސުޕާމެކެޓުންވެސް ވަނީ އެފަދަ ހަރުފައެއް އެތަނުން ފެނުނު ކަމަށް ބުނެފައެވެ.

އަދި އެ ފެނުމާއެކު އެތަނުުން ކަސްޓަމަރުން ނެރުނު ކަމަށްވެސް ބުނެފައި ވެއެވެ.

އަލަޓި ބުނީ، އޭޭނާ އޭތީގެ ވީޑިއޯއެއް ނަގައި، ސުޕާމެކެޓްގެ މުވައްޒަފުންނަށް އެކަން އެންގި ކަމަށެވެ.

"އަހަރެން ބުނިން އަހަރެން އަންނާނަމޭ އަހަރެންގެ ހަރުފަ ދަބަސް ހިފައިގެން، އެ މީހުން ހިތައް އަރާނެ ކަންނޭނގެ އަހަރެން މިއީ މޮޔައެކޭ. އެމީހުންނަށް ނޭނގުނީ ކަންނޭނގެ އެތަނުގައި ހަރުފައެއް އޮވެދާނެ ކަމަށް".

އޭނާއަށް އެންމެ ފަހުން އެ ހަރުފަ ހިފަން ގެންދިޔައީ ގެ ކައިރިން ދަބަހެއް ހޯދައިގެންނެވެ. އަދި އޭނާ ވަނީ އެ ހަރުފަ ހިފައިފައެވެ. އަދި އެ ސަރަހައްދުގައި ހުރި ޖަންގައްޔަކަށް އޭތީ ވަނީ ދޫކޮށްލާފައެވެ.

އެތަނަށް ހަރުފަ ވަން ގޮތެއް ސާފް ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ވަރަށް އަޚްލާގީ ފެންވަރު ދަށް ހަރުފައެއް. ކުއްލިއަކަށް ވަރަށް ގޯސް ކަމެއް ކުރިކަމަށް ޚަބަރުގަ އޮތީ.

    5
    1