ދިވެހި ފިލްމީ އުދަރެހުގައި ވިދަމުން އަންނަ ތަރި އައިޝަތް ރިޝްމީ (ރިޝްމީ) އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރ އަހްމަދު އަޒްމީލް (އަޒޭ) އަދި އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކޮށްފިއެވެ.

"އަހަރެމެން ތިންމީހުން ވަރަށް ޒަމާން ކޮށްފަ އެކީގައި" މި އިބާރާތް ލިއެ ރިޝްމީ އާއި ސޮބާ އަދި އަޒޭ އެކުގައި ނަގާފައިވާ ފޮޓޯ ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައިވެއެވެ.

ކުޑަ ސޮބާ އަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ނަށާ އެކްޓަރެކެވެ. އެތައް ލަވައެއް ކުޅެފައިވާއިރު ސޮބާ ވަނީ އިމޭޖިނޭޝަނުން އެންމެ ފުރަތަމަ ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ވީޑިއޯ ލަވަ "އަންނާށޭ ހުންނާށޭ" ޑައިރެކްޓްކޮށް، ކެމެރާކޮށް، އަދި އެޑިޓް ވެސް ކޮށްފައެވެ.

ސޮބާގެ ނެށުމުގެ ހުނަރު ދައްކާލައި، ބެލުންތެރިން އެ ޖާދޫގައި ޖައްސާފައިވަނީ ޔާރާ ޕްރޮޑަކްޝަނުން ގެނެސް ދިން ފޯރިގަދަ ލަވަ ހިމެނޭ ވީސީޑީތަކުންނެވެ. ވަކިން ހާއްސަކޮށް، ރިޝްމީ ރަމީޒާ އެކުގައެވެ.

އަޒޭ އާއި ސޮބާ އަކީ އެ ދެމީހުންނާއި އެކުގައި ވެސް ރިޝްމީ ފިލްމީ ދާއިރާގެ މަސައްކަތްތަކެއް ކޮށްފައިވާ ދެ ފަރާތެވެ. ދުވަސްތަކަކަށް ފަހު ތިން މީހުން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ތިން މީހުން އެކުގައި ނަގާފައިވާ ފޮޓޯ ސްޓޯރީގައި ހިއްސާކޮށް އައިފިލްމްސް އިން ވަނީ އެއީ ބިރުވެރި ވާހަކައިގެ އެޕިސޯޑް 8 ކަމަށް ލިއެފައެވެ. އެހެންކަމުން މިއީ އެ އެޕިސޯޑުގެ ޝޫޓިންގް ތެރެއިން ނަގާފައިވާ ފޮޓޯއަކަށް ވެދާނެއެވެ.