ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާ އުފަލުގައި ހީހީފައި އުޅޭ މަންޒަރު މީހުންނަށް ގަބޫލު ކުރަން ދަތިވެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޝިލްޕާގެ ފިރިމީހާ ރާޖު ކުންދުރާ ބަރަހަނާ ވީޑިއޯ އުފައްދައި އެޕްލިކޭޝަންއެއްގެ ސަބަބަބުން ޖުލައި މަހުގެ 19 ވަނަ ދުވަހު ވަނީ ޖަލަށް ލައިފައެވެ. ނަމަވެސް ކަފާލާތުގެ ދަށުން ރާޖު މިހާރު ވަނީ ގެއަށް ފޮނުވާފައެވެ.

ރާޖުއަށް ކުރެވިފައިވާ މި ތުހުމަތުގެ ސަބަބުން ޝިލްޕާއަށް އުފަލުގައި ނޫޅެވޭނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޝިލްޕާއަށް މި ފާޑުކިޔުންތައް އަމާޒުވީ ''ސުޕަރ ޑާންސަރ ޗެޕްޓެރ 4'' ގެ ފިނާލޭގައި ޝިލްޕާގެ ޑާންސެއް ހުށަހަޅުމަށް ތައްޔާރުވެ، ޕަޕަރާޒީންނާއި ހީހީފައި ވާހަކަދައްކާ ވީޑިއޯއެއް އާއްމުވުމާއި ގުޅިގެންނެވެ.

މި ވީޑިއޯ ބެލުމަށް ފަހު ހިތްހަމަ ނުޖެހިފައިވާ ފަރާތްތަކުން ޝިލްޕާގެ ފިރިމީހާއަށް ކުރެވިފައިވާ ތުހުމަތުގެ މަތިން ހަނދާން ކޮށްދިނެވެ. އަދި ފިރިމީހާއަށް އެފަދަ ތުހުމަތެއް ކުރެވިފައިވަނިކޮށް ޝިލްޕާއަށް އުފަލުގައި އުޅުމާއި ހީ ސަމާސާކޮށް ހެދުމުގެ ހައްގެއް ނެތް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އާރްޔަން ޚާންއަށް ކަމަށާއި އެކަމާ ޝިލްޕާ ޝެޓީ އުފާވާނެ ކަމަށެވެ.

އަދި ފިރިމީހާ ގެއަށް ފޮނުވާލުމުން އަނެއްކާ ވެސް ކެމެރާގެ ކުރިމަތީ އުފާފާޅުކުރާ ކަމަށާއި ފިރިމީހާ ޖަލުގައި ހުރިއިރު ކެމެރާއަށް ކުރިމަތިލާން ނުކެރުނު ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޝިލްޕާއަށް ހިތްވަރު ދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެތެރެއިން ޑިޕްރެސްވެފައި ހުރިނަމަވެސް ބޭރުފުށުން ހިނިތުންވުން ދައްކައިގެން އުޅެވޭނީ ޝިލްޕާ ފަދަ ހިތްވަރުގަދަ އަންހެނަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަލީމަ ދައިތަ

    އުފަލުގާ އުޅޭ ކަމަށް މީހުނައް ދައްކާނީ ގިނަ ފަހަރަށް އެއްމެ ހިތާމައިގަ އުޅޭ މީހާ.. އެއީ އެމީހާ ކުރާ ހިތާމަ ކިރިޔާވެސް މީހަކަށް އަންގަން ބޭނުން ނުވާތީ.. 🙂

    18