ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑުރަގު މައްސަލައެއްގައި އެންސީބީއިން ހައްޔަރު ކުރުމާއި އެކު ޝާހުގެ ސަޕޯޓަރުންނާއި ބޮލީވުޑުގެ ރަހުމަތްތެރިންގެ ފަރާތުން ހިތްވަރުގެ އެތައް މެސެޖެއް ދަނީ ލިބެމުންނެވެ.

އާރްޔަން ޚާނަށް ހިތްވަރު ދިނުމަށް އިންސްޓަގުރާމުގައި ރިތިކް ރޯޝަން ޕޯސްޓެއް ކުރުމާއި އެކު ކަންގަނާ ރަނައުތުގެ ނުސީދާ މެސެޖުތައް ރިތިކުއާއި ޝާހުއަށް ދަނީ ލިބެމުންނެވެ.

ކަންގަނާގެ އިންސްޓަގުރާމުގައި ޖެކީ ޗަންއާއި އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ 2014 ވަނަ އަހަރު ޖެކީގެ ދަރިފުޅު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން އޭނާ މަޢާފަށް އެދުނު ކަމަށާއި އެއީ އޭނާގެ ނާާކާމިޔާބީއެއް ކަމަށާއި ދަރިފުޅުގެ އަމަލުގެ ސަބަބުން ލަދުގަންނަ ކަމަށާއި ޖަލުން ސަލާމަތް ކުރުމަށް މަސައްކަތް ނުކުރާނެ ކަމަށް ބުނިކަމަށެވެ. އަދި 6 މަސްވަންދެން ޖެކީގެ ދަރިފުޅު ޖަލުގައި ހުރި ކަމަށް ވެސް ކަންގަނާގެ ޕޯސްޓުގައިވެއެވެ.

މި ޕޯސްޓު ހިއްސާކޮށް ހޭޝްޓެގެއް ބޭނުންކޮށް ބުނެފައިވަނީ އެކަން ހަމަ ބުނެލީ ކަމަށެވެ.

މީގެކުރިން ރިތިކުގެ ޕޯސްޓަށް އަމާޒުކޮށް ކަންގަނާ ބުނެފައިވަނީ މާފިޔާ މީހުން އާރްޔަންގެ ދިފާއުގައި ނިކުތީ ކަމަށެވެ.

މީހުންނަށް ކުށް ކުރެވޭނެ ކަމަށާއި މި ކުށުގެ ސަބަބުން އަގުހުރި ފިލާވަޅެއް އާރްޔަންއަށް ލިބޭނެ ކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.

އާރްޔަން ޚާން ހައްޔަރު ކުރުމާއި އެކު އާރްޔަން ޚާން ސަލާމަތް ކުރުމަށް ޝާހުރުކް ޚާން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން މިހާރު އެންސީބީއިން ވަނީ 20 މީހަކު ހައްޔަރުކޮށްފައެވެ.

އޭގެތެރޭގައި އިންޑިޔާއިން ބޭރުގެ ދެ މީހަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚ

    ކަންގަނާ ބުންޏަސް މިފަހަރު ތިބުނީ ހެޔޮކޮށް

    37
    5
  2. މުބީނު މާރނީ

    ޝާޙްރުކް ޙާން އާއި ސަލްމާން ޙާން އަކީ މޫނުމަތި ރީތިކޮށްގެން އުޅޭ، މަތި އޮމާން ކޮށްގެން އުޅޭ އިންސާނީ ވަންތަކަން ކުޑަ ދެމީހުން. ސަލްމާން ޙާން ވަނީ އައިޝްވަރްޔާ ގައިގާ ތަޅާފައި ކަމަށް އެތައް ފަހަރަކު އައިޝްވަރްޔާ ބުނެފައިވޭ. އައިޝްވަރްޔާ ގެ ވިކިޕީޑިއާ ޕޭޖު ގައި ވެސް އެވާހަކަ ތައް ވަނީ ލިޔެފައި. ޝާޙްރުކް ޙާން އަކީ ޝުޝާންތު ދުނިޔޭގައި ޝުޝާންތު ގެ އަގުވައްޓާލަން ބޮޑެތި ބޮޑެތި ކެމްޕޭން ތަކެއް ހިންގި މީހެއް. ޝާޙްރުކު ވެސް ސަލްމާން ވެސް އެދެމީހުން ނަށް ވުރެ އެހެން މީހަކު ކާމިޔާބު ވާކަށް ނޭދޭނެ. ވަރަށް ނުބައި ދެމީހުން.

    14
    8