އިންސްޓަގްރާމަށް ކާއެއްޗެހީގެ ފޮޓޯ ލާނަމަ ބަރުދަން އިތުރުވުމުގެ ބިރު ބޮޑުވާކަން ހާމަވެއްޖެއެވެ.

ޔޫއެސްގެ ޖޯޖިޔާ ސަދާން ޔުނިވަރސިޓީ އަކުން ހާމަވިގޮތުގައި ކާއެއްޗެހީގެ ފޮޓޯ އިންސްޓަގްރާމަށް ލުމަކީ ކާއެއްޗެހި ގިނައިން ކެއުމަށް މަގުފަހިވާ ކަމެކެވެ. އެއްފަހަރު ރީތި ފޮޓޯއެއް އިންސްޓަގްރާމަށް ލުމުން ދެވަނަ ފަހަރަށްވެސް އެފަދަ ފޮޓޯއެއް ލުމަށް ހިތްވަރު ލިބެއެވެ.

މި ޖީލުގެ ކުދިންގެ އަތުގައި ސްމާޓް ފޯނު އޮތުން މަޖުބޫރު ކަމަކަށް ވެފައިވާއިރު ބޮޑު އިންސައްތައެއްގެ މީހުން އިންސްޓަގްރާމް ބޭނުން ކުރެއެވެ. އަދި ބައެއް މީހުން ގަބޫލުކުރާގޮތުގައި ގަވައިދުން ކޮންމެ ދުވަހަކުވެސް އިންސްޓަގްރާމަށް ފޮޓޯ ލާން ޖެހެ އެވެ.

މީރު ކާއެއްޗެހީގެ ފޮޓޯ އިންސްޓަގްރާމަށް ލުމުން އެފަދަ ކެއުމެއް ދެވަނަ ފަހަރަށްވެސް ކާހިތްވާއިރު ސިއްހަތަށް ފައިދާހުރި ކާނާ އާއި ފައިދާއެއް ނެތް ކާނާ ކެއުމާ މެދުވެސް ވިސްނާލާނެ ފުރުސަތެއް މިފަދަ ފަރާތްތަކަށް ނުލިބެ އެވެ.

ޔޫއެސްގެ ޔުނިވަރސިޓީން ހެދި ދިރާސާއިން ހާމަވާގޮތުގައި މި ޖީލުގެ ޒުވާނުންގެ ތެރެއިން 70 އިންސައްތަ ޒުވާނުންނަކީ އިންސްޓަގްރާމަށް ފޮޓޯލާ ފަރާތްތަކެވެ.

ރަނގަޅު ސިއްހަތެއްގައި އުޅެން ބޭނުންވާ ފަރާތްތަކާއި ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކުން އިންސްޓަގްރާމަށް ފޮޓޯލުމުގެ އާދަ ދޫކޮށްގެން ޖެހޭކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އެއީ މަދުމަދުން ކާ އެތިކޮޅުގެ ފޮޓޯ އިންސްޓަގްރާމަށް ލުމުން އެ ކާ އެއްޗަކަށް ލޯބިކުރާ މިންވަރު އިތުރުވެ އެ ކާއެއްޗެއް އިތުރަށް ކާހިތް ވެއެވެ.

އިންސްޓަގްރާމަށް ކާއެއްޗެހީގެ ފޮޓޯ ލުމުން އެ ކާއެއްޗެއް ވަރަށް ބޮޑަށް ޕްރޮމޯޓްވާއިރު އެއީ ސަރުބީގެ ބައި ބޮޑު ހަށިގަނޑަށް ފައިދާއެއް ނެތް ކާއެއްޗަކަށް ވާނަމަ އެ ދެވެނީ ނުރަނގަޅު ކަމަށް ހިތްވަރެއް ކަމަކަށް ނޫނީ ނުވާނެ އެވެ.