ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ ވަރަށް ފަސޭހައިން ރޮވޭ އަދި އެ ވާހަކަތައް ހިއްސާ ކުރާނެ މީހަކު ނެތް ނުވަތަ އެއްވެސް މީހަކާ އެއްވެސް ވާހަކައެއް ހިއްސާ ކުރަން ޖެހިލުންވާ ފަރާތްތަކެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން އަމިއްލައަށް މަރުވަން މަސައްކަތް ކުރުން ފަދަ ހިތާމަވެރި ކަންތައްތައް ކުރެވެއެވެ. އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ސްޕެއިންގައި ރުއިމަށް ހާއްސަ ކޮޓަރިއެއް ވަނީ އުފައްދާފައެވެ.

''އެންޓަރ އެންޑް ކުރައި'' ގެ ނިޝާން ފެންނާނެހެން ހުންނަ މި ތަނުގައި ރުއިމަށް ހާއްސަ ކޯނަރެއް ހުރެއެވެ. އެ ކޯނަރުގައި ވާހަކަ ދައްކަން ގުޅާނެ ސައިކޮލޮޖިސްޓުންގެ ފޯނު ނަންބަރުތަކާއި އަދި މީގެއިތުރުން ފޯނު ވެސް ހުރެއެވެ.

މި ކޮޓަރީގެ ސަބަބުން ނަފްސާނީ ގޮތުން ކުރިމަތިވާ އެކި ކަންތައްތަކާއި ބެހޭގޮތުން ކަމުގެ ތަޖުރުބާކާރުންނާއި ވާހަކަ ދައްކައި އެމީހުންގެ އެހީތެރިކަން ލިބެއެވެ.

ނަފްސާނީ ބަލިމަޑުކަމުގައި އުޅޭ ފަރާތްތަކަށް ސްޕެއިންއިން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން ސްޕެއިންގެ ޕްރައިމް މިނިސްޓަރ ޕެޑްރޯ ސަންޗެޒް ވަނީ މިފަދަ ފަރާތްތަކަށް އެހީތެރިވުމަށް 116 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

މި ފައިސާއިން ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވާހަކަ ދެއްކުމަށް 24 ގަޑިއިރުގެ ފޯނުގެ ހިދުމަތް ދިނުމަށް ވެސް ދެއެވެ.

ނަފްސާނީ ބަލިމަޑު ކަމަކީ އަޅާ ނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމައު ހިއްސާވާ ކަމެއް ކަމަށާއި އެންމެން ވެސް ހޭލުންތެރި ކުރުވަން ޖެހޭ ކަމެއް ކަމަށް ވެސް ޕްރައިމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ތި ކޮޓަރިއަށް ވަންނަ މީހުން ނުރޮންޏާ ތަޅާގަނެގެންވެސް ރޮއްވާލާނެދޯ!

    9
    1
  2. Anonymous

    ސޯލޭފިލްމް އަޅުވަން ރަނގަޅު ތަނެއް ހާހާ

  3. 😷

    މާތްﷲ ހަޒްރަތަށް ރޯލުން އެންމެ ރަނގަޅީ އަލްހަމްދުލިﷲ