ބަރުދަން ލުއިކޮށް ލޫޅާފަތި ހަށިގަނޑެއް ހޯދުމަށް އެތައް ގުރުބާނީއެއްވެ، ގިނަގުނަ މަސައްކަތްތަކެއް ކުރެވެއެވެ. ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.
ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އެއް ކަމަކީ ކެއުން ހުއްޓާލައި ބަނޑުހައި ހޫނުކަން މަތީ ހުރުމެވެ. ނަމަވެސް މިއީ ބުއްދިވެރި ކަމެއް ނޫނެވެ.
ބަރުދަން ލުއިކުރުމަށް ކެލޮރީސް ނައްތާލާ މިންވަރެކޭ އެއްފަދައިން ކެލޮރީސް އެތެރެވާ މިންވަރު ވެސް މުހިއްމެވެ. އެހެންކަމުން ބަނޑުހައި ހޫނުކަން މަތީ ހުރެ ޑައެޓް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ބަރުދަން ލުއިކުރުމަށް ނުކައި ހުރުމުން ހަށީގަނޑުން ހަކަތަ ދަށްވެ، ބޮލަށް އެނބުރެނި އެރުން ފަދަ ކަންތައްތައް ކުރިމަތިވާނެއެވެ. މިއީ ސަރުބީތައް ވިރުވާލާ ކަމެއް ނޫނެވެ. އަދި މަސަލް މާސްއާއި ބޮޑީ މާސް ދަށްކޮށްލައެވެ.
މަސްލް މާސް ދަށްވުމަކީ ހުޅުތަކަށް ވެސް އެކަމުން އަސަރު ކުރެއެވެ. އަދި ހުޅުތަކަށް ތަދުއެރުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.
ނުކައި ހައިކަން މަތީ ހުރުމަކީ މެޓަބޮލިޒަމް ވެސް ދަށްކޮށްލާ ކަމެކެވެ. މިކަމުގެ ސަބަބުން އަލުން ކާން ފެށުމުން ބަރުދަން އިތުރުވާ މިންވަރު އަވަސްވެއެވެ. އަދި ސިއްހީގޮތުން މީހާ ބަލިކަށި ކޮށްލައެވެ.
ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުން ނިއުޓްރިޝަން ދަށްކޮށްލައެވެ. އަދި މީގެއިތުރުން ނުކައި ހައި ހޫނުކަން މަތީ ހުންނަ ނަމަ ސިކުނޑިއަށް އެކަމުގެ އަސަރު ކުރާނެއެވެ.
ސިކުނޑިއަށް މިކަމުގެ އަސަރު ކުރުމުން ލޭ މައްޗަށް ދިޔުން ފަދަ ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ބަރުދަން ލުއިކުރުމަށް ނުކައި ހައިކަން މަތީ ހުރުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ކަމުގެ ތަޖުރިބާކާރުން ލަފާދެއެވެ.
ޖިސްމާނީ ގޮތުންނާ ރޫޙަނީ ގޮތުންވެސް ފައިދާ ބޮޑީ ރޯދަ ހިފުމުންނެވެ. ބަރުދަން ވެސް ލުއި ވާނެ އެވެ.