އިންޑިއާ މީހުން އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ބޭނުން ކުރުމަށް އާއްމުކޮށް ބޭނުން ކުރާ ޕާސްވޯޑަކީ "ޕާސްވޯޑް" ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ޕްރޮޕަޓީ ޕާސްވޯޑް މެނޭޖަރެއް ކަމަށްވާ ނޯޑްޕާސްއިން ކުރި އާ ދިރާސާއަކުން ދެއްކި އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދިރާސާއިން އެނގުނުގޮތުގައި، ދެވަނައަށް އެންމެ ގިނައިން "ޕާސްވޯޑް" ޕާސްވޯޑްގެ ގޮތުގައި ބޭނުން ކުރަނީ ޖަޕާން މީހުންނެވެ.

އެ ދިރާސާ އިން އެނގުނުގޮތުގައި، ޕާސްވޯޑްެ އިތުރުން، "އައިލަވްޔޫ"، "ކްރިޝްނާ" "ސައިރަމް"، "އޯމްސައިރަމް" ފަދަ ނަންތައްވެސް އިންޑިއާ މީހުން ޕޯސްވޯޑްގެ ގޮތުގައި ޖަހާ ކަމަށް ބުނެފައި ވެއެވެ.

އެ ދިރާސާއިން ހާމަވިގޮތުގައި، ގިނަ ގައުމުތަކުގައި އެންމެ އާއްމު ޕާސްވޯޑަކަށް ޖަހަނީ "12345" ކަމަށް ބެލެވުނު ނަމަވެސް އެއީ އެކަން އެހާ އާއްމެއް ނޫނެވެ. އެކަމަކު "12345" އަކީ އެންމެ ގިނައިން ގިނަ ގައުމުތަކުގައި ބޭނުން ކުރާ އެއް ޕާސްވޯޑްކަން ރޭންކް ކޮށްފައި ވަނީ "ފެއާލީ" ހައިގެ ގޮތުގައެވެ.

އެ ދިރާސާއިން އެނގުނުގޮތުގައި، އިންޑިއާ މީހުން ޕާސްވޯޑްތަކަށް ލޯބީގެ ބަސް އެއްޗެހި ހިމަނައެވެ. އޭގެ ތެރޭގައި "ސްވީޓްހާޓް"، "ސަންޝައިން" "ކަވްލީ" ފަދަ ބަސްތައް ހިމެނެއެވެ.

އިންޑިއާގައި އާންމު އެހެން ޕާސްވޯޑްތަކުގެ ތެރޭގައި ޖެނެރިކް ރަނިން ސީރީޒް ތައް ކަމަށްވާ "123456789"، "އިންޑިއާ123"، "ކިއުވަރޓީ"، "އޭބީސީ123"، "12345678"، "އޭބީސީޑީ1234" ފަދަ އަކުރުތައް ހިމެނެއެވެ.

މި ދިރާސާގައި ބައިވެރުވި 50 ގައުމުގެ ތެރެއިން 43 ގައުމެއްގައި އެންމެ އާންމު ޕާސްވޯޑެއްގެ ގޮތުގައި ވަނީ "123456 އެވެ. އެ ލިސްޓްގައި އިންޑިއާ ނުހިމެނެއެވެ.

މި ދިރާސާއިން އެނގުނުގޮތިގައި، އިންޑިއާ މީހުން ބޭނުންކުރާ 200 ޕާސްވޯޑްގެ ތެރެއިން 62 ޕާސްވޯޑް ހެކް ކުރުމަށް ޕްރޮފެޝަނަލް ހެކަރުން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ.

އެހެންކަމުން ބޭނުން ކުރާ އޮންލައިން ޕްލެޓްފޯމްތަކުގައި ރަނގަޅު ޕާސްވޯޑް ޖެހުމަށް އިރުޝާދު ދީފައި ވެއެވެ.