ކޮފީއާއި ސަޔަކީ ސްޓްރޯކާއި ހަނދާން ނެތުމުގެ ބަލިން ދުރުކޮށްދޭ އެއްޗެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގެ ތަޖުރިބާކާރުން ކޮށްފައިވާ މި ދިރާސާގައި އުމުރުން 50 އަހަރާއި 74 އަހަރާއި ދެމެދުގެ 365،682 މީހުން ބައިވެރި ކޮށްފައިވެއެވެ.

ދިރާސާ ފެށިއިރު މި ބައިވެރިންގެ ތެރޭގައި 5،079 މީހުން ހަނދާން ނެތޭ ބަލި ޖެހިފައިވެއެވެ. އަދި 10،053 މީހުންނަށް ވަނީ ސްޓްރޯކު ޖެހިފައެވެ.

އޭގޭ ފަހުން މި މީހުން ދުވާލަކު ތިނެއް ނުވަތަ ދެ ތަށި ކޮފީ އަދި ތިނެއް ނުވަތަ ފަސް ތަށި ކޮފީ ބޮއެފައިވެއެވެ. ނުވަތަ ހަތަށި ސަޔާއި ކޮފީ ދުވާލަކަށް ބޮއެފައިވެއެވެ.

ގާތްގަނޑަކަށް މި އަދަދުތަކަށް ކޮފީއާއި ސައި ބޮއެފައިވާ މީހުންގެ ހަނދާން ނެތުމުގެ ބައްޔާއި ސްޓްރޯކު ޖެހުމުން ދުރުކޮށްދީފައިވާ ކަމަށް ވެސް މި ދިރާސާއިން ދައްކުވައިދެއެވެ.

''އަޅުގަނޑުމެންގެ މި ހޯދުމުން ދައްކުވައިދެނީ ސަޔާއި ކޮފީ ބުއިމުން ސްޓްރޯކާއި ހަނދާން ނެތުމުގެ ބަލިން ދުރުކޮށްދޭ މިންވަރު'' ދިރާސާ ކުރި ތަޖުރިބާކާރުން ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު ވެސް ސަޔާއި ކޮފީ ބޯ މީހަކަށް ވެސް ސްޓްރޯކު އަދި ހަނދާން ނެތޭ ބަލި ޖެހިދާނެއެވެ. ނަމަވެސް މި ބަލިތަކުން ދުރުކޮށްދޭ މިންވަރު އިތުރުނުވާނެކަން މި ދިރާސާއިން ދައްކުވައިދޭ ކަމަށް ވެސް ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވެއެވެ.

މި ދިރާސާ ފުރިހަމަކޮށްފައިވަނީ ފާއިތުވި އެގާރަ އަހަރުގެ ތެރޭގައި ހޯދިހޯދުންތަކަށް ބިނާކޮށެވެ.