ކޮފީއަކީ ދިވެހިންގެ ތެރޭގައިވެސް ގިނަ ބަޔަކު ބޮމުން އަންނަ ބުއިމެކެވެ. ގިނަ މީހުން ކޮފީ ބޮމުން ދަނީ ކޮފީއަކީ ހަށިގަނޑުގައި ވަރުޖައްސާލަދީ ނިދި ފިލުވާލަދޭ ބުއިމަކަށް ވާތީއެވެ. ދިވެހިންގެ ތެރޭގައިވެސް ތަފާތު ވައްތަރުގެ ކޮފީތައް ބޭނުންކުރަމުން ދެއެވެ.

"މަނިކް އާޓްސް" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން އާންމުކޮށްފައިވާ ޑރ. މުހައްމަދު އަލީގެ ވީޑިއޯއެއްގައި އޭނާ ވިދާޅުވެފައި ވަނީ ކޮފީއަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއް ކަމަށެވެ. އެގޮތުން ހަށިގަނޑުގެ މުހިންމު ގުނަންތައް ކަމުގައިވާ ހިތާއި ސިކުނޑިއަށް ކޮފީގެ ސަބަބުން ރަނގަޅު އަސަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮފީއަކީ ރަނގަޅު އެއްޗެއް ނަމަވެސް ގޯހީ ކޮފީ ބޯގަޑި އާއި ކޮފީ ބޯގޮތް ކަމަށެވެ.

"ހެނދުނު ހުސްބަނޑާ ހުރެގެން ކަޅު ކޮފީއެއް ބޯލީމާ ވާގޮތަކީ ގޭހުގެ އުނދަގޫ ވަރަށް ބޮޑުވާ ގޮތް ވާނެ. ކާ ހޮޅިއާއި ގޮހޮރާ ގުޅޭ މަގުގަ އިންނާނެ ކުޑަކުޑަ ވޭލްއެއް. އެ ވޭލް ރިލެކްސް ކޮށްލާ އެއްޗެއް ކޮފީއަކީ. އެހެންވީމަ ހުސްބަނޑާ ހުރެގެން ބޮއެފިއްޔާ އެ ވޭލް ރިލެކްސްވާލެއް ބޮޑުވާނެ". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކެއުމަށް ފަހު ކޮފީއެއް ބޯލުން ކަމަށެވެ. މައްސަލައަކީ ކޮފީ ބޯ ގޮތާއި ގަޑިތައް ކަމަށާއި، އެ ކަންކަން ރަނގަޅު ކޮށްލުމުން ކޮފީއަކީ އެއްވަނައިގެ އެއްޗެއް ކަމަށް ޑރ. މުހައްމަަދު އަލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެދސ

    ގަދަ ކަމުން ވެކްސިން ނުޖަހާށެ ބުނަން ކެރޭނެތަ ތި ޑޮކްޓަރަ

    5
    2