ގާނޫނާއި ގަވާއިދުތައް ހެދިފައި އޮންނަނީ ތަނުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. މި ގަވާއިދުތަކާއި ގާނޫނުތައް އެކި ގައުމުތަކުގައި ތަފާތުވާނެއެވެ.

މިގޮތުން އެކި ގައުމުތަކުގައި ހެދިފައިވާ ގަވާއިދުތަކުގެ ތެރޭގައި އާދަޔާ ހިލާފު ތަފާތު ގަވާއިދުތައް ވެސް ހުރެއެވެ.

ޕެސިފިކް ކަނޑުގެ ޕޮލިނޭޝިއަން ސަރަހައްދުގައި އޮންނަ ކުދިކުދި ރަށްތަކެއް ހިމެނޭ ސަމާއޯގައި މިފަދަ އާދަޔާ ހިލާފު ތަފާތު ގާނޫނެއް ހަދާފައިވާ ކަމަށް ވެއެވެ.

މި ގައުމުގައި އެމީހެއްގެ އަނބިމީހާގެ އުފަންދުވަސް ހަނދާން ނެތުމަކީ ގާނޫނީ ކުށެކެވެ. ޖަލަށް ވެސް ދާން ޖެހިދާނެ ވަރުގެ ބޮޑު ކުށެކެވެ.

ސަމާއޯގެ ގާނޫނުގައިވާ ގޮތުން ނޭނގިގެން ނުވަތަ ހަނދާން ނެތިގެން ވެސް އަނބިމީހާގެ އުފަން ދުވަސް ހަަނދާން ނެތުމަކީ ކުށެކެވެ. އަދި މިކަމާއި ގުޅިގެން އަނބިމީހާ މައްސަލަ ޖައްސައިފި ނަމަ ފިރިމީހާއަށް ޖަލަށް ދާން ޖެހޭނެއެވެ. ފުލުހުންގެ އެތައް ސުވާލަކަށް ޖަވާބުދާރީ ވެސް ވާން ޖެހޭނެއެވެ.

މި ގާނޫނުގައި ވެސް ފިރިހެނުންނަށް ލުއިތަކެއް ދީފައިވެއެވެ. އެއީ އުފަންދުވަސް ހަނދާން ނެތުން ފުރަތަމަ ފަހަރު ނަމަ ނަސޭހަތް ދީފައި ފޮނުވާލައެވެ.

އަނބިމީހާގެ އުފަންދުވަސް ހަނދާން ނައްތާނުލުމަށް ނަސޭހަތް ދިނުމަށް ފަހު ވެސް ތަކުރާރުކޮށް އެކަން ކުރާ ނަމަ ޖަލަށް ދާން ޖެހެއެވެ.

އެހެންކަމުން ސަމާއޯގައި ގިނަ ފިރިހެނުން އެމީހުންގެ އަނބިން ގެންގުޅެނީ ހިތް ރުއްސައިގެން އުފަލުގައެވެ. އެއީ ހަނދާން ނެތިގެން ނުވަތަ ނޭނގިގެން ވެސް އުފަންދުވަސް ހަނދާން ނެތިއްޖެ ނަމަ ފުލުހަށް މައްސަލަ ހުށަހެޅިއަ ނުދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    މުޅި ދުނިޔޭގައި މިއޮތީ އަންހެނުންނަށް ބާރުދީފަ ފިރިހެނުންނަށް ވޭނާއި ކެކުޅުން އާނ އެހެންޏާފަހެ ހަމަ އަނބިމީހާވެސް ފިރިމީހާގެ އުފަންދުވަސް ހަނދާނެތިއްޖެނަމަ އެފަދައިން އަދަބު ލިބޭގޮތަށް އުތުމުންދޯ ހަމަހަމަ ޢަދުލްވެރި ޤާނޫނަކަށްވާނީ

    4
    2
  2. ހމމ

    އަންހެނުން އިހު ޒަމާނުގައި އުޅުނު އަނިޔާވެރި ހާލަތެއް ނުފެންނާނެ އެއްވެސް މީހަކަށް... ނުވެސް އިނގޭނެ... އަންހެނުންނަށް ރަނގަޅުގޮތެއް ވަންޏާ މި ފިރިހެން ވެރިންނަށް ވަރަށް ވައި އަރާނެ.

    5
    1