ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއަކީ ހަމައެކަނި އެކްޓް ކުރުމަށް މޮޅު މީހެއް ނޫނެވެ. އޭނާ އަކީ މޮޑެލް ކުރުމާއި، ފެޝަންގެ ދުނިޔޭގައިވެސް މަގްބޫލު ފަރާތެކެވެ. އޭނާއަކީ ބޮލީވުޑްގެ ތެރޭގައި ހިމެނޭ އެންމެ ފެޝަން ތަރިންގެ ތެރެއިން އެކަކެވެ.

އެކަމަކުވެސް އޭނާއަކީ "ފެޝަން ޕޮލިސް"ގެ ސްކޭންތަކަށް ވަރަށް ގިނައިން އަރާ ފަންނާނެކެެވެ.

އެގޮތުން ދާދި ފަހުން އޭނާ އެއާޕޯޓް ތެރެއިން ފެނުނު ގޮތް ގިނަބަޔަަކަށް ކަމަކު ނުދިޔައެވެ. މިއާއެކު މީސް މީޑިއާގައި އޭނާއަށް މަލާމަތް ރައްދުވާން ފެށިއެވެ.

ދީޕިކާ ލައިގެން ހުރީ ބޮޑު ޕްރިންޓެޑް ޑެނިމް ޖެކެޓެކެވެ. އަދި ތިރިން ނޫ ކުލައިގެ އެއްޗެއް ލައިގެން ހުރިއިރު، އެންމެންގެ ލޮލުގެ އަޅައިގަތީ އޭނާ އަރައިގެން ހުރި ހީލްއާއެކު ހުދު ކުލައިގެ އިސްޓާކީނެއް ލައިގެން ހުރުމުންނެވެ.

މިއާއެކު އެތައް ބައެއްގެ ކޮމެންޓް އެ ފޮޓޯތަކަށް އަމާޒުވެގެން ދިޔައެވެ. އެއްބަޔަކު ބުނަނީ ހީލް އާއެކު އޭނާ އިސްޓާކީން ލީ ކީއްވެެންތޯއެވެ. އެއް ބަޔަކު ފެޝަން ޑިޒާސްޓާއެއްގެ ގޮތުގައި އެކަން ސިފަ ކުރިއެވެ. އެކަކު ބުނަނީ އޭނާ އާ ސްޓައިލިސްޓެއް ބޭނުންވާ ކަމެވެ.

މި ސްޓައިލްތައް ކަމަކު ނުދާ ކަމަށް ބުނަމުންދާ މީހުން ގިނައެވެ.

މަސައްކަތުގެ ގޮތުން ބަލާއިރު، ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކަބިރް ޚާންގެ 83 އިންނެވެ.