ޓީނޭޖް ހެރީ ޕޮޓަރ، ރޮން ވީސްލީ އަދި ހަރމިއޯން ގްރޭންޖަރ އެންމެ ފަހުން އެއްކޮށް ފިލްމަކުން ފެނުނުތާ 20 އަހަރު ވެފައިވާއިރު މި ތަރިންނަކީ އެތައް ބަޔަކަށް ކަމުގޮސްފައިވާ ކުޅަދާނަ ފިލްމީތަރިންނެވެ. ވޯނަރ ބްރޯސް އިން ދާދިފަހުން ހާމަކޮށްފައިވާގޮތުގައި 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރާ އެނިވާސަރީ ސްޕެޝަލް އަކަށް ފިލްމުގެ ކާސްޓުން އަލުން އެއްތަންވާނެކަމުގެ ހަބަރު މިވަނީ ފަތުރާފަ އެވެ.

އެހެން ކާމިޔާބު ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މޮޅެތި އެކްޓިންތައް ވަނީ ދައްކާފައި އެވެ. ބައެއް މީހުން ވަނީ ހޮލީވުޑްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ތަރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

ރީޔޫނިއަންއަށް ތައްޔާރުވަމުން އަންނައިރު ހެރީޕޮޓާގެ ސްޓާރުންގެ މިހާރުގެ އެކި މައުލޫމާތުތަކަށް އެތައް ބަޔަކު ޝައުގުވެރިވާނޭކަން ޔަގީނެވެ. މި ތަރިންގެ ތެރެއިން އެންމެ މުއްސަނދި ތަރިއަކީ ކާކު މިއަދު ބަލައިލާނަމެވެ.

1. ޖޭކޭ ރޯލިން- 1 ބިލިއަން ޑޮލަރު(15.4 ބިލިއަން ރުފިޔާ)

ހެރީ ޕޮޓާ ފޮތްތަކުގެ ކުޅަދާނަ ލިޔުންތެރިޔާ 1 ބިލިއަން ޑޮލަރާ އެކު މިވަނީ މި ލިސްޓުގެ އެއްވަނަ އަށް އަރައިފަ އެވެ. އޭނާ ފޮތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާ ކަމަށާއި، އަދި އެއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އޯލަންޑޯގައި ހުންނަ ޔުނިވާސަލް ސްޓޫޑިއޯސްގެ ވިޒާޑިން ވޯލްޑް އޮފް ހެރީ ޕޮޓާ ތީމް ޕާކް އަދި ޕޮޓާމޯރ ވެބްސައިޓް (2016 ވަނަ އަހަރު އެކަނިވެސް 19 މިލިއަން ޑޮލަރުގެ އާމްދަނީއެއް) މެދުވެރިކޮށް ކަމަށް ކޮސްމޯޕޮލިޓަން އިން ބުނެފައިވެ އެވެ.

2. ޑެނިއެލް ރެޑްކްލިފް. 110 މިލިއަން ޑޮލަރު(1.6 ބިލިއަން ރުފިޔާ)

ރެޑްކްލިފް ވަނީ ހެރީ ޕޮޓާ އެންޑް ދަ ޕްރިޒަނަރ އޮފް އަޒްކާބާން އަށް 10 މިލިއަން ޑޮލަރުގެ ޕޭ ޗެކެއް ހޯދައި، މުޅި ސާގާއަށް 95.6 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިދީފަ އެވެ. އޭނާ އަކީ އަދިވެސް އެތައް ބައެއްގެ އެންމެ ފެވަރިޓް އެކްޓަރެވެ.

3. ރޮބާޓް ޕެޓިންސަން. 100 މިލިއަން ޑޮލަރު(1.5 ބިލިއަން ރުފިޔާ)

ހަތަރުވަނަ ހެރީ ޕޮޓާ ފިލްމުގައި ސްކްރަނީ ސެޑްރިކް ޑިގްގޯރީ ގެ ރޯލު ކުޅުމަކީ ޕެޓިނަންސަން އަށް ޓްވައިލައިޓް ސާގާގައި އެޑްވާޑް ކުލެންގެ ރޯލު ޖައްސާލުމަށް އެހީތެރިވެދިން ކަމެކެވެ. ’ސެލެބްރިޓީ ނެޓް ވޯތު‘ ބުނާ ގޮތުން މި ފްރެންޗައިޒްގެ އެންމެ ފަހު ފްރެންޗައިޒްއަށް އޭނާ ވަނީ 25 މިލިއަން ޑޮލަރުގެ މުސާރައެއް ހިފައިގެން ގެއަށް ގޮސް އެންމެ ފަހު ދެ ފިލްމަށް އިތުރު 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.

4. އެމާ ވޮޓްސަން . 85 މިލިއަން ޑޮލަރު(1.3 ބިލިއަން ރުފިޔާ)

ހޮލީވުޑް ރިޕޯޓާގައިވާ ގޮތުން އެމާ ވޮޓްސަން ވަނީ ހެރީ ޕޮޓާގެ އަށް ފިލްމަށް 60 މިލިއަން ޑޮލަރުގެ ޖުމްލަ ފައިސާ އެއްކޮށްފައެވެ. ޑިޒްނީގެ ބިއުޓީ އެންޑް ދަ ބީސްޓްގައި ބެލޭގެ ރޯލު ކުޅެ އޭނާ ވަނީ 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އަދި އޭނާ އަކީ ކެލްވިން ކްލެއިން، ލަންކޮމޭ، ޑޮލްޗޭ ޑޮލްޗޭ ގަބާނާ އަދި ބުރުބެރީ ފަދަ ލަގްޒަރީ ބްރޭންޑްތަކުގެ މޮޑެލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަދުރު

    އާނ. ޑެނިއަލް ރެޑްކްލިފް. ޖޮއޭން ކެތުލީން ރޯލިން އަކީ ހެރީ ޕޮޓާގެ ތަރިއެއް ނޫން.

    7
    3
    • ށުނެ

      ނިއުމާ ؟