މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އޭނާގެ އިންސްޓަގްރާމް ފީޑަށް ތަފާތު ސެލްފީއެއް ލައި ފޭނުންގެ ސަމާލުކަން ހޯދައިފި އެވެ.

ހުކުރު ދުވަހު ޒައިން ޕޯސްޓުކޮށްފައިވާ މި ސެލްފީގައި އޭނާ ފެނިގެންދަނީ ބޮޑު ތުނބުޅިއަކާއި އެކު ހުންނަ މަންޒަރެވެ. ބުދަ ދުވަހު 29 އަހަރު ފުރިފައިވާ ޒޭންގެ ސެލްފީއަށް ގިނަ ބަޔަކު ދަނީ ކޮމެންޓުތައް ކުރަމުންނެވެ.

ކުރީގެ ވަން ޑައިރެކްޝަން ތަރި މި ފޮޓޯ ލާފައި މިވަނީ އޭނާ ސިންގަލްވިތާ ގިނަ ދުވަސްތަކެއް ނުވަނީސްކަން ފާހަގަ ކުރެވެއެވެ.

ޒޭން އަކީ މޮޑެލްތަކާއި ޑޭޓްކުރުމުގެ ތާރީހެއް އޮތްމީހެއްކަން ފާހަގަ ކުރެވެއެވެ. ގިގީ އާއެކު ހަ އަހަރު ދުވަހުގެ ލޯބީގެ ގޮތުން ގުޅިފައިވާއިރު އެމީހުންނަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. ޒޭން އާއި ގިގީގެ 16 މަހުގެ އަންހެން ދަރިފުޅު ކައި އާ އެކު ނަގާފައިވާ ފޮޓޯއެއްވެސް މީސްމީޑިޔާގައި ޒޭން ވަނީ ހިއްސާކޮށްފަ އެވެ.

ޒޭން އަކީ އޭނާގެ ރީތިކަމާއި ލަވަތަކުގެ ރީތިކަމުގެ ސަބަބުން ގިނަ ބައެއްގެ ސަޕޯޓު ހޯދާފައިވާ ފަންނާނެކެވެ.

ޒޭންގެ ފުރިހަމަ ނަމަކީ ޒޭން ޖަވާދް މަލިކް އެވެ. އޭނާ އުފަންވެފައި ވަނީ 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގައި އެވެ.

ވަން ޑިރެކްޝަން ބޭންޑުން މަގްބޫލުކަމެއް ހޯދި ޒޭން އާއި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ އާއި ލޯބީގެ ގޮތުން ފުރަތަމަ ގުޅުނީ 2015 އަހަރުގައި އެވެ. 2018 ވަނަ އަހަރު ރުޅިވުމަށް ފަހު ދުވަސްކޮޅެއްފަހުން އެ ދެމީހުން އަލުން ގުޅި އެ ހިސާބުން ފެށިގެން ދެ މީހުން ދިޔައީ އެކުގައި އުފަލުގައި އުޅެމުންނެވެ. ނަމަވެސް ދާދިފަހުން ދެމީހުން ވަނީ ވަކިވެފައެވެ.