ވަން ޑިރެކްޝަން ބޭންޑުން މަގްބޫލުކަމެއް ހޯދި ޒޭން އާއި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ ލޯބީގެ ގޮތުން ފުރަތަމަ ގުޅުނީ 2015 އަހަރެވެ. 2018 ވަނަ އަހަރު ރުޅިވުމަށް ފަހު ދުވަސްކޮޅެއް ފަހުން އެ ދެމީހުން އަލުން ގުޅި އެ ހިސާބުން ފެށިގެން ދެ މީހުން ދަނީ އެކުގައި އުފަލުގައި އުޅެމުންނެވެ.

ޖީޖީ ހަދީދް އޭނާގެ ފިރިމީހާ ޒައިން މަލިކްގެ ކައިވެންޏަށް އަލަތު ދަރިޔަކު ލިބުމާއި އެކު މިދިޔަ އަހަރު ވެގެން ދިޔައީ މި ދެ ފަންނާނުންނަށް ޚާއްސަ އަހަރަކަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު މީޑިއާގެ ލޯމަތިން އެއްކޮށްހެން މި ދެ ފަންނާނުން ވަނީ ގެއްލިފައެވެ. ފޭނުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މި ޖޯޑު މިހާރު ކޮބާތޯ މިއީ ފޭނުން އުފައްދާ ސުވާލެކެވެ.

ކޮވިޑާއި އެކު އެ ދެ ތަރިން ބޭނުންވީ ވަކިން އުޅޭށެވެ. ކުޑަ ދަރިފުޅާއި އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރާށެވެ. މިހާރު އެ ދެ ތަރިން އުޅެމުން ދަނީ ފާމެއްގައެވެ. އަމިއްލަ އަށް ދަނޑުހެއްދުމުގައި ވަގުތު ހޭދަކުރުމާއި ޖަނަވާރުތަކަށް ކާންދިނުން ފަދަ ކަންކަމުގައި އެ ދެ މީހުން ވެސް ދަނީ ވަގުތު ހޭދަކުރަމުންނެވެ. ޖީޖީ އާއްމު ކުރި ބައެއް ފޮޓޯތަކުން އެ މީހުން ބިނދެފައިވާ މޭވާ އާއި ތަރުކާރީ ފެނެއެވެ. އަދި ޒައިން ވަނީ އޭނާ މިރުސް ބިންނަ ފޮޓޯ އެއް ހިއްސާކޮށްފައެވެ.

މީގެ އިތުރުން އެ މީހުން އަހުގައި އުޅޭ މަންޒަރު ފެންނަ ބައެއް ފޮޓޯ އާއި ވީޑީއޯ ވެސް އާއްމުން ވަނީ ހިއްސާކޮށްފައެވެ. އެ ދެ މީހުން ބަލަނީ ވީހާވެސް ބޮޑަށް ގުދުރަތީ މާހައުލަށް ގެއްލުން ނުވާނެ ގޮތަށް ތާޒާ މޭވާ އާއި ކެއުންތައް ކައިގެން ދަރިފުޅުގެ އަލަތު ދުވަސްކޮޅު ހިތްހަމަޖެހިލައިގެން އުޅެވޭތޯއެވެ.

27 އަހަރުގެ ޒޭން އަކީ އޭނާގެ ރީތިކަމާއި ލަވަތަކުގެ ރީތިކަމުގެ ސަބަބުން ގިނަ ބައެއްގެ ސަޕޯޓު ހޯދާފައިވާ ފަންނާނެކެވެ. ޒޭންގެ ފުރިހަމަ ނަމަކީ ޒޭން ޖަވާދް މަލިކް އެވެ. އޭނާ އުފަންވެފައި ވަނީ 1993 ވަނަ އަހަރުގެ ޖަނަވަރީ 12 ގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސނ

    ޖީޖީ އާ ޒެއިން އަކީ ކައިވެނި ކޮއްގެން އުޅޭ ބައެއް ނޫން. ނަމަށް މުސްލިމުން

    2
    2
  2. މަރީ

    މައި ބޭބީ ޒޭން

    2
    1