ގޭގައި ސެކިއުރިޓީ ކެމެރާ ހަރުކުރަނީ ގޭތެރޭ ހިނގާ ކަންކަން ރެކޯޑް ކުރުމަށެވެ. ނޫނީ ގެއިން އެއްޗެއް ގެއްލިއްޖެނަމަ އެ އެއްޗެއް ފަސޭހައިން ހޯދުމުގެ ބޭނުމުގައެވެ. ނޫނީ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ފަދަ އެއްޗެހި އުޅޭ ނޫޅޭ ގޮތް ބެލުމަށެވެ.

އެހެން ނަމަވެސް ފްލޮރިޑާގެ ޖެކްސޮންވިލޭގައި ދިިރިއުޅޭ އަންހެނަކު އޭނާގެ ގޭގައި ސީސީޓީވީ ކެމެރާ ހަރުކުރީ އެގޭ ތެރެއިން ގޮތްނޭނގޭ ކަންތައްތަކެއް ދިމާވަމުންދާތީ އެކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

އޭނާގެ އެ ކަންތައްތަކުގެ ވާހަކަ މީހުން ގަބޫލެއް ނުކުރެއެވެ. މަންޒަރު ފެނުނު ކަމުގައިވިޔަސްމެއެވެ. އެކަމަކު ނޫސްތަކުން އެ ވާހަކަތައް ގެނެސްފައި ވެއެވެ.

"އަހަރެން ހޭލިއިރު، ވެބްކެމް ޗެކްކޮށްލުމުން މި އެނގުނީ ހީވީ ބިޔަ ލައިޓެއް ހެން،" އޭނާ ބުނެފައި ވެއެވެ.

ގާތްގަނޑަކަށް 30 ސިކުންތު ނަގާ ވީޑިއޯގައި އެ އަންހެން މީހާ އިޝާރާތް ކުރަނީ ލައިޓާއި ދިމާލަށެވެ. އެ ހުދު ބޯޅައިގެ ތެރެއިން އެ ފެންނަނީ ދެ ލޯކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ވަރަށް ބިރުގަންނަ ކަމަށް ބުނެފައި ވެއެވެ.

އެ މީހާ ބުނެފައިވާގޮތުން އެގޭތެރެއިން ދިމާވާ އާދަޔާ ހިލާފު ކަންތައްތަކުގެ ވާހަކަ އޭނާ މީހުން ކައިރި ދެއްކިޔަސް އެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. އަދި އޭގެ މަންޒަރު ދެއްކިޔަސް މީހުން ދައްކަނީ އެހެން ވާހަކަތައް ކަމަށް ބުނެފައި ވެއެވެ.

އެއްބަޔަކު ބުނަނީ އެއީ ކެމެރާގެ ލެންސުގެ އަލި ކަމަށެވެ. އަދި އެއީ ބޭރުން އަންނަ އިރުގެ އަލި ކަމަށްވެސް ބުންޏެވެ. އަދި އެއީ ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ޖިންނި ބޭނުންވިޔަސް އެޔައް ވުޖޫދައް އާދެވޭނީ މާއްދީއެއްޗެއްގެ އެހީ ލިބިގެންނެވެ. އެނޫންގޮތެއް އެސޮރުމެންނަކައް މިހާރަކު ނޯވެއެވެ.