ދެ ލޯބިވެރިޔަކު އިންގްލޭންޑްގެ ޔޯކްއަށް ކުރި ދަތުރުގައި ތިބި ހޮޓެލްގައި އޭނާ ޖިންނިއެއްގެ ފޮޓޯ ނެގިއެވެ. އަދި އެ ޖިންނި ވަނީ އޭނާގެ ލޯބިވެރިޔާއަށް އޭނާގެ ފޯނުން މެސެޖްވެސް ކޮށްފައި ކަމަށް އެ ފިރިހެން މީހާ ގަބޫލު ކުރެއެެވެ.

"ސްޓީސައިޑް ލައިވް" ރިޕޯޓްތައް ބުނާ ގޮތުން، ނަން ހާމަނުކޮށް ހުރުމަށް އެދޭ މި މީހާ ގަބޫލުކުރާ ގޮތުގައި، 21 މާޗް ވީ ހޯމަ ދުވަހު، އިންގްލެންޑްގެ 'ހޯންޓެޑް' ސިޓީއަށް ޒިޔާރަތް ކުރުމަށް ފަހު، އޭނާއަށް ވަނީ އާދަޔާ ހިލާފު ކަންތައްތަކާއި ކުރިމަތިލާން ފަށައިފައެވެ.

އުމުރުން 40 އަހަރުގެ މި ފިރިހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ ވަނީ ޔޯކްގައި އެއް ދުވަސް ހޭދަކޮށް އެތަނުގައި ހުރި ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އަދި އެ ރޭ 2:00 ޖެހިހާއިރު ދެމީހުން ނިދާފައި ތިބި ވަގުތެއްގައި، އޭނާގެ ލޯބިވެރިޔާއަށް އޭނާގެ ފޯނުން މެސެޖެއް ލިބުނު ކަމަށާއި އެ މެސެޖުގެ ފަހަތުގައި ވަނީ އެ ޖިންނި ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުން އެ މީހުން ޔޯކްގައި ތިބިއިރު، ޕަބްގެ ކޮރިޑޯގެ ފޮޓޯއެއް އޭނާ ނެގިއެވެ. އެއީ އެތަން ހުރި ބިރުވެރި ގޮތުން ކަމަށް ބުންޏެވެ. އަދި އެއީ އެއްވެސް ކަމެއް ކަމަށް ނުވިސްނާ އެ ފޮޓޯ ލޯބިވެރިޔާއަށް ފޮނުވީ އޭނާއަށްވެސް ދައްކާލާ ހިތުން ކަމަށް ބުންޏެވެ. އަދި އެރޭ ދަންވަރު 1:48 ހާއިރު ދެ މީހުންނަށް އޭނާގެ ފޯނުން މެސެޖް އައީ "ކޭން ޔޫ ކޯލް ބެކް ލޭޓާ" މިހެން ކަމަށް ބުންޏެވެ.

"އަހަރެން ނުފޮނުވަން މި މެސެޖެއް، އަަހަރެން އޮތީ ނިދާފައި، އަހަރެންް މި ހުރީވެސް ވާނުވާގައި އެ މެސެޖް އައި ގޮތެއްް ނޭނގިގެން، އަހަރެނނަށް ހީވަނީ އެއީ ކުރިން އަހަރުމެން ދިޔަ ބިރުވެރި ޕަބް އިން ވީ ކަމެއް ހެން".

އަދި އެކަން އެ ހިސާބުން ނުނިމޭއިރު، އޭގެ 10 ގަޑިއިރު ފަހުން އޭނާގެ ފޯނުން ލިޔެފައިވާ މެސެޖެއް ފެނުނު ކަމަށެވެ. އޭގައި އޮތީ "ވީ އާ އިންވީ 4އެން 2 ޒެޑް 4އެންބީ". ކަމަށް ބުންޏެވެ. އަދި އެއީ ކޮން އެއްޗެެއްކަން ނޭނގިގެން ގޫގުލް ކުރި ކަމަށްވެސް އޭނާ ބުންޏެވެ.