ބައެއް މީހުންނަކީ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާ މީހުންނެވެ. އަނބިމީހާއަށްޓަކައި ކިތަންމެ ކަމެއްކޮށްދޭން ބޭނުން ވެއެވެ.
މިއީވެސް އެފަދަ މީހެކެވެ.ޗައިނާގެ އަވަށަކަށް ނިސްބަތްވާ ޒިއާއޯ ފަންގްޒީ ނަމަކަށް ކިޔާ 60 އަހަރުގެ މި މީހާ އޭނާ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާ މަސައްކަތު އުޅެން ޖެހޭ ގޮތުން އުޅެނީ އަނބިމީހާ ދުރުގައެވެ. އެހެން ނަމަވެސް އަނބިމީހާދެކެ އޭނާ އިންތިހާއަށް ލޯބިވާ ކިތަންމެ ކަމެއް އޭނާކޮށްދެއެވެ.
މިއީވެސް އޭނާގެ އެފަދަ ހާއްސަ ވާހަކައެކެވެ. އޭނާ މަސައްކަތް ކުރާ ސަރަހައްދުން ގެއަށް 40 ކިލޯ މީޓަރު އިންނައިރު، އޭނާ އެތަނުގައި ހުރެފައި ގެއަށް ހިނގާފާއި ދިޔަ ވާހަކައެވެ. އެ ދުވަސްކޮޅަކީ ބަސް ދަތުރުތައް ހުއްޓިފައި އޮތް ދުވަސްކޮޅެއް ކަމުން، އޭނާ ކާރަށް ދައްކަން ފައިސާ ހަރަދު ކުރަން ބޭނުން ނުވިއެވެ.
ކާރަށް ދައްކާނަމަ 200 ޔުއާން ދައްކަން ޖެހެއެވެ. އޭނާ އެ 200 ޔުއާން ކާރަށް ދައްކަން ބޭނުންނުވިއެވެ.
ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅެމުން އަންނަ އެ މީހާ އަށް މަހެއްގެ މައްޗަށް 2000 ޔުއާން ލިބޭއިރު، އޭނާ ވަރަށް ގަދަޔަށް މަސައްކަތް ކުރި އެއް ކަމަކީ އަނބިމީހާއަށް އާ ހެދުން ގަނެ ދިނުމަށެވެ. ކާރަށް އަރަން ބޭނުން ނުވީވެސް އެހެންވެއެވެ،
ސްނޯ އެންމެ ބޮޑަށް ފައިބަމުން ދިޔަ އެ ދުވަސްވަރު އޭނާ ސްނޯ ތެރޭގައި ހިނގަފައި ގެއަށް ދިޔައިރު، މީޑިޔާތަކަށް މައުލޫމާތުދެމުން އޭނާ ބުނީ، އޭނާއަކަށް ފިނި އެހުސާސެއް ނުވާ ކަމަށެވެ.
އުމުރުން 60 އަހަރުގެ އެ މީހާ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާކަން މި ވަނީ ހާމަވެފައިތާއެވެ. މިއީވެސް ބައެއް މީހުންނަށް ހުރި އިބުރަތެކެވެ.
އާނ. ލޯބިވާ ވަރު އެނގިއްޖެ. ނޫސްތަކަށް ހުޅުވާލައިގެން ފަލަ ސުރުޚީތަކަށް ނަން އަރުވާ ލޯބި އިޝްތިހާރު ކޮށްލީވިއްޔަ.